ސަޢުދި ޢަރަބިއްޔާގައި އަލަށް އެކުލަވާލެވި ތަންފީޒުކުރެވެން ފެށި އެންޓި-ޓެރަރިޒަމް ޤާނޫނުގެ ދަށުން، އެޤައުމުގެ ރަސްގެފާނު ނުވަތަ ވަލީޢަހުދަށް ޢާންމު ތަންތަނުގައި ކުޑައިމީސްކޮށްހެދުމަކީ ޖިނާއީ ކުށެއްކަމަށް ކަނޑައަޅައި އެކަމުގެ ޢުޤޫބާތެއްގެ ގޮތުގައި10 އަހަރާ ހަމައަށް ޖަލަށްލެވޭ ގޮތަށް ކަނޑައަޅައިފިއެވެ.
ޤާނޫނާ ޚިލާފު ކަންކަން ރާވައި ހިންގުމާއި އެފަދަ ކަންކަމުގައި ބައިވެރިވާ ފަރާތްތަކަށްވެސް ބޮޑެތި އަދަބުތައް ކަނޑައެޅިގެންދާ ގޮތަށް އެކުލަވާލެވުނު މި ޤާނޫނުގައި ވާގޮތުން، ވިރާސީ ރަސްކަމުގެ ނިޒާމެއްގެ ދަށުން ވެރިކަންކުރާ ސަޢުދީ ސަރުކާރުގެ އެންމެ އިސް ދެފަރާތްކަމުގައިވާ އެޤައުމުގެ ރަސްގެފާނާއި އަދި ވަލީޢަހުދަށް ހާމަކަން ބޮޑުގޮތެއްގައި މަލާމާތާއި ފުރައްސާރަކޮށް ކުޑައިމީސްކޮށްހަދާ ފަރާތްތައް 5 އަހަރާއި 10 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލެވޭނެއެވެ.
އިންތިހާއަށް ބޮޑެތި އަދަބުތަކެއް ކަނޑައެޅިގެން ސަޢުދި ޢަރަބިއްޔާގައި އަލަށް އެކުލަވާލެވި ތަންފިޒުކުރެވެން ފެށުނު އެންޓި-ޓެރަރިޒަމް ޤާނޫނުގެ ދަށުން، ޓެރަރިސްޓް ޖަމާޢާތްތަކުން ޓްރޭނިންގ ހެދުމާއި އެފަދަ ޖަމާޢަތްތަކުގެ ޙަރަކާތެއްގައި ބައިވެރިވެއްޖެނަމަ 30 އަހަރާއި ހަމައަށް ޖަލަށް ދާންޖެހޭއިރު، ޓެރަރިޒަމްގެ ޢަމަލެއްގެ ސަބަބުން މީހެއްގެ ފުރާނަ ނެތިގެން ހިނގައްޖެނަމަ މަރުގެ އަދަބުވެސް ކަނޑައެޅިފައި ވޭމެއެވެ.
One Response
އެމްބީއެސް އަކީ ސީދާ އެމެރިކާގެ ސިއްރު އެޖެންޓެއް ތުރުކީގައި ކުދިކޮންކޮށާލި ސައުދީގެ ނޫސްވެރިޔާ އަކީ ފާޅުގަ ސައުދީ ޝާހީއާއިލާއާ އިދިކޮޅަށް ބަސްބުނެއުޅޭމީހެއްވީމަ އެކަމުގެ އަދަބު އެވަނީ ޚަޝޯގީއަށްދީފަ ޚަޝޯގީގެ އާއިލާގަ މިހާރުނެއް އެކަމުގެ ބަދަލު މަރަށްމަރު ހިފަންބޭނުން އެކަކުވެސް ޓީވީ ލައިވްޕްރޮގްރާމް އަކަށްއަރުވާފަ އެއާއިލާގެ ބަސްއެވަނީ ދުނިޔެއަށް އިއްވާފަ