Ad
މާލޭ މަގުމަތިން ރޭންޑަމް ސާމްޕަލް ނެގުމުގައި ސިއްޙީ މާހިރުން ޙަރަކާތްތެރިވަނީ-: ފޮޓޯ: ނިޝަން ޢަލީ
މާލޭ މަގުމަތިން ރޭންޑަމް ސާމްޕަލް ނެގުމުގައި ސިއްޙީ މާހިރުން ޙަރަކާތްތެރިވަނީ-: ފޮޓޯ: ނިޝަން ޢަލީ

އޮޅުވެލި ރިސޯޓުން 32 މީހުންނާއެކު މިއަދު ޖުމްލަ 87 ފައްސި

ފާއިތުވެދިޔަ އަހަރުގެ ފަހުކޮޅުގައި ކޮވިޑް-19 ފެތުރެމުންދާ މިންވަރު ވަރަށް ބޮޑުތަން ދަށަށް ގޮސްފައި އޮތުމަށް ފަހުގައި މިއަހަރު ފެށުނު ފަހުން ބައްޔަށް ފައްސިވަމުންދާ ޢަދަދު މައްޗަށް ޖެހެންފަށާފައި ވާއިރު ފާއިތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ޖުމްލަ 87 މީހަކު ބައްޔަށް ފައްސިވެފައި ވާކަން އެޗްޕީއޭއިން ހާމަކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މީގެ ކުޑައިރުކޮޅެއް ކުރިން ކޮށްފައިވާ ޓްވީޓެއްގައި ހާމަކޮށްފައިވާ ގޮތުގައި، މާލޭ ސަރަހައްދުން 30 މީހަކާއި، އަތޮޅުތެރޭގެ ރަށްތަކުން 13 މީހަކާއި، ރިސޯޓުތަކުން 41 މީހެއްގެ އިތުރުން ސަފާރީ އަކުން 3 މީހަކު، މިއަދު ބައްޔަށް ފައްސިވެފައި ވެއެވެ. އަދި އޭގެތެރޭގައި ސަން ސިޔާމް އޮޅުވެލި ރިސޯޓުން އެކަނި މިއަދު 32 މީހަކު ފައްސިވެފައިވެއެވެ.

ރާއްޖޭގެ ރިސޯޓުތައްވެސް ހުޅުވާލެވި ސްކޫލްތަކުގައިވެސް އެންމެ ތުއްތު ކުދިންނާ ހަމައިން ފެށިގެން ކިޔަވައިދެވެން ފެށިފައި ވާއިރު، ރިސޯޓްތަކުން ފައްސިވަމުންދާ ޢަދަދު ދުވަހެއް ދުވަހަކަށް މައްޗަށް އަރާއިރު، ސްކޫލްތަކުގެ ޓީޗަރުންނާއި ދަރިވަރުންވެސް ބައްޔަށް ފައްސިވަމުން ދާއިރު ބައެއް ސްކޫލްތައް އަނެއްކާވެސް ބަންދުކުރަން ޖެހިފައި ވާކަންވެސް ފާހަގަކޮށްލެވެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *