Ad

އިންގްލިޝް ޕްރިމިއާ ލީގު: އެންމެ ވާދަވެރި މެޗްގެ ގޮތުގައި ސިފަކުރާ ލިވަޕޫލާ ޔުނައިޑެޓްގެ ކުރިމަތިލުން މިރޭ!

އިނގިރޭސި ޕްރިއާލީގުގައި އެންމެ ވާދަވެރި މެޗްގެ ގޮތުގައި އަބަދުވެސް ބެލެވިފައިވަނީ ލިވަޕޫލާއި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރާ މެޗެވެ. ސަބަބަކީ މި ދެ ކްލަބަކީ އިނގެރޭސި ތާރީޚުގައި އެންމެ ކާމިޔާބު ދެ ކްލަބަށް ވުމެވެ. މިއަހަރު ފުރަތަމަ ފަހަރަށް މި ދެ ޓީމް ބައްދަލުކުރާ އިރު މި މެޗް އެތައް ގޮތަކުން ޚާއްޞަ އެބަ ވެއެވެ. ސަބަބަކީ މި ދެޓީމަކީ މިވަގުތު ތާވަލްގެ އެންމެ ކުރީގައި އޮތް ދެޓީމެވެ. ޔުނައިޓެޑް މި މެޗާ ކުރިމަތިލަނީ އެތައްް ދުވަހެއް ވަންދެން ތާވަލްގެ 1 ވަނާގައި އޮތް ލިވަޕޫލް ފަހަތަށް ޖައްސާލުމަށްފަހު 1 ވަނަގައި އޮވެއެވެ. އަނެއް ކޮޅުން މިމެޗުން މޮޅުވެގެން ތާވަލްގެ 1 ވަނައަށް އަލުން އެރުމުގެ ފުރުޞަތު ލިވަޕޫލަށް އެބައޮތެވެ.

މިމެޗާ ކުރިމަތިލާއިރު ޔުނައިޓެޑް އޮތީ ރަނގަޅު ފޯމެއްގައެވެ. ލީގުގައި އެންމެ ފަހުން ކުޅުނު 10 މެޗުން އެޓީމު ބަލިވެފައި ނުވާއިރު އެންމެ ފަހުން ލީގުގައި ޔުނައިޓެޑް ބަލިވެެފައިވަނީ މިދިޔަ އަހަރު ނޮވެމްބަރު މަހު 1 ވަނަ ދުވަހު އާސެނަލް އަތުންނެވެ. އަނެއްކޮޅުން މިމެޗާ ކުރިމަތިލާއިރު ލިވަޕޫލްގެ ހާލަތު އެހާ ރަނގަޅެއް ނޫނެވެ. ލީގުގައި އެޓީމް އެންމެ ފަހުން ކުޅުނު ތިން މެޗުން މޮޅެއް ނުހޯދުނު އިރު އެންމެ ފަހުން ކުޅުނު މެޗުން ވަނީ ބަލިވެފައެވެ. މިމެޗާ ކުރިމަތިލާއިރު ލިވަޕޫލަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ތަޖުރިބާކާރު މިޑްޕީލްޑަރު ތިއާގޯ ފިޓްވެފައި ވުމެވެ.

މެންޗެސްޓަރ ޔުނައިޑެޓާ ލިވަޕޫލް ވާދަކުރާ މެޗް ފަށާނީ މިރޭ ރާއްޖޭގަޑިން9:30 ގައެވެ. މިޗް ކުޅޭނީ ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *