Ad
އައްޑޫ ސިޓީ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މަޖްލިސް މެމްބަރު ނިޒާރް
އައްޑޫ ސިޓީ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މަޖްލިސް މެމްބަރު ނިޒާރް

މާލީގޮތުން ދަތި މިދުވަސްކޮޅު މަޖްލިސް ސަސްޕެންޑް ކޮށްފިނަމަ މާ ގިނަ ރުފިޔާ ސަލާމަތްވާނެ: ޢަލީ ނިޒާރު

ކޮވިޑް-19 އާ ގުޅިގެން ދައުލަތަށް މާލީގޮތުން ދަތި މިދުވަސްކޮޅު ރައްޔިތުންގެ މަޖްލިސް އެއް އަހަރު ދުވަހަށް ސަސްޕެންޑްކޮށްފި ނަމަ ދައުލަތަށް ބިލިއަނަކާ ގާތަށް ރުފިޔާ ސަލާމަތް ކުރެވޭނަކަމަށް އެ މަޖްލީހުގެ އައްޑޫ ސިޓީ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އައްޑޫ ސިޓީގެ މޭޔަރުކަމަށް ވާދަވެސް ކުރަށްވާ ދެކުނު ނިޒާރު މިފަދައިން ވިދާޅުވެފައި މިވަނީ، މާލީ ދަތިކަމާހުރެ ލޯކަލް ކައުންސިލް އިންތިޚާބު އަދިވެސް ފަސްކުރުމަށް ހޯރަފުށީ ދާއިރާގެ މެންބަރު ސަލީމް (ސައްލެ) ގޮވާލެއްވުމާ ގުޅިގެން އެކަމަށް ރައްދުދެއްވައި މީގެ އިރުކޮޅެއްކުރިން ކުރެއްވި ޓްވީޓެއްގައެވެ.

"އަޅުގަނޑުގެ ސުވާލަކީ މިހާ ތާށި، މިހާ ދަތިި ދަނޑިވަޅެއްގައި [އަދި] އަސާސީ ކަންކަމަށް ފައިސާ ނުލިބޭ ވަގުތެއްގައި ހަމަ ކޮންމެހެން މި ހަރަދުތައްކޮށްގެން މި އިންތިހާބު ބޭއްވުން މުހިންމުތޯ؟،" ކުރިއަށް އޮތް ލޯކަލް ކައުންސުލް އިންތިހާބު ވީހާވެސް އަވަހަކަށް ބޭއްވުމުގެ ބޭނުމުގައި ކަމަށް ބުނެވިގެން ވެރިކަން ކުރަމުންގެންދާ މައި ޕާޓީ އެމްޑީޕީގެ މެމްބަރެއްކަމަށްވާ ޢަލީ ނިޔާޒު ހުށައެޅުއްވި "ކައުންސިލް އިންތިހާބުގެ ހާއްސަ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު" ގެ އިބްތިދާއީ ބަހުސް މަރްޙަލާގައި ވާހަކަ ދައްކަވަމުން ހަމަ އެޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރު ސަލީމް (ސައްލޭ) ވިދާޅުވިއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ އެންމެހައި ރަށްތަކަކުން، އެތަކެއް ސަތޭކަ ކެނޑިޑޭޓުންނެއް ވާދަކުރާ އެންމެ ބޮޑު އިންތިޚާބުކަމުގައިވާ ލޯކަލް ކައުންސިލް އިންތިޚާބު ދައުލަތުން އުފުލަންޖެހޭ މާލީ ބުރައަކަށް ލުއި ހޯދުމަށްކަމަށް ބުނުއްވައި އިންތިޚާބު ފަސްކުރެއްވުމަށް މެމްބަރު ސައްލޭ ހުށައެޅުއްވުމުން އެކަމަށް ފާޑުވިދާޅުވެ ކުރެއްވި މި ޓްވީޓުގައި، ޚަރަދުކުޑަކުރުމުގެ ގޮތުން މަޖްލިސް ސަސްޕެންޑްކުރަން ހުށައަޅުއްވަން ކެރިވަޑައިގަންނަވާނެތޯވެސް މެމްބަރު ސަލީމް (ސައްލެ) ގެ ކިބައިން ޢަލީ ނިޒާރު (ދެކުނު ނިޒާރު) އައްސަވާފައި ވެއެވެ.

ކައުންސިލް އިންތިޚާބުގެ ޚާއްޞަ ޤާނޫނަށް މެންބަރު ނިޔާޒު އިޞްލާޙު ހުށައެޅުއްވި ބޭނުމަކީ، ކޮވިޑް-19 އާ ގުޅިގެން ފަސްކުރެވިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށް ދިމާވެފައިވާ ޤާނޫނީ ހުރަސްތަކަށް ހައްލެއް ހޯދައި، ވީ އެންމެ އަވަހަކަށް އެ އިންތިޚާބު ބޭއްވުންކަމަށް އެބިލުގައި ބުނެފައި ވީނަމަވެސް، އެ އިޞްލާޙުތައް ފާސްކުރެވިގެން ޤާނޫނަކަށް ވެދިއުމުންވެސް ލޯކަލް ކައުންސިލް އިންތިޚާބު ފަސްވެގެން ދިއުމުގެ ފުރުޞަތު އެބަ އޮތްކަމަށް ޚުދު ބިލު ހުށައެޅުއްވި މެންބަރުވެސް، ބިލަށް ބަހުސްކުރަށްވަމުން ވިދާޅުވެފައިވާއިރު، މި އިޞްލާޙުގެ ސަބަބުން އިންތިޚާބުގެ ޞައްޙަކަން ކަށަވަރުކުރެވުމަށް ހުރަސްއެޅިގެން ދާނެކަމަށް، އިދިކޮޅު ކޯލިޝަންގެ މެމްބަރުން ވިދާޅުވެފައި ވާކަންވެސް ފާހަގަ ކޮށްލެވެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *