Ad
ޤަޠަރުގެ ޚާރިޖީ ވަޒީރު ޝައިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާނުއް ޘާނީ-: ފޮޓޯ: ރޮއިޓާރސް
ޤަޠަރުގެ ޚާރިޖީ ވަޒީރު ޝައިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާނުއް ޘާނީ-: ފޮޓޯ: ރޮއިޓާރސް

ގަލްފުގެ ޤައުމުތަކުން އީރާނާ ގުޅުން ބަދަހިކުރުމަށް ޤަޠަރުން އަނެއްކާވެސް ގޮވާލައިފި

ގަލްފު ނުވަތަ ޚަލީޖުގެ ޤައުމުތަކުން އީރާނާއެކު ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރުމަށް އެގައުމުގެ ބައިވެރިއެއްކަމުގައިވާ ޤަޠަރުން އަނެއްކާވެސް ގޮވާލައިފިއެވެ.

މެދުއިރުމަތީގެ މުއްސަނދި ދައުލަތްތަކުން ދައުލަތެއްކަމުގައިވާ ޤަޠަރުން މިގޮވާލުން އަނެއްކާވެސް ތަކުރާރުކޮށްފައި މިވަނީ، ޖަރުމަނުގެ ބްލޫމްބާގް ޓީވީއަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ޤަޠަރުގެ ޚާރިޖީ ވަޒީރު ދެއްކެވި ވާހަކައިގައެވެ.

"އަހަރެމެން އަދިވެސް ޤަބޫލުކުރަނީ މިއީ ވާންޖެހޭ ކަމެއްކަމަށް. މިކަން ވާނެކަމަށްވެސް އަހަރެމެން އުންމީދުކުރަން" 

ޢަރަބި މުއްސަނދި ދައުލަތްތައްކަމުގައިވާ ޚަލީޖު ޤައުމުތަކުން އީރާނާއެކު މަޝްވަރާގެ މޭޒުދޮށަށް އައިސް އެޤައުމާއެކު ޑިޕްލޮމެޓިކް ގުޅުންތައް ޤާއިމުކުރުމަށް ގޮވާލަށްވައި، ޝައިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާނުއް ޘާނީ ވިދާޅުވިއެވެ.

ޚަލީޖު ޤައުމުތަކުން އީރާނާއެކު ގުޅުން ޤާއިމުކުރުމަށް ޤަޠަރުން އަނެއްކާވެސް ގޮވާލިނަމަވެސް، ޚާއްޞަކޮށް ސަޢުދި ޢަރަބިއްޔާއިން އެކަމާ ފާޅުގައި ދެކޮޅުހަދާނެކަމަށް ބެލެވެއެވެ. އީރާނާއެކު ޤަޠަރުން ބާއްވަމުންދާ ގާތް ގުޅުމަށް ތުހުމަތުކޮށް އެޤައުމަކީ ޓެރަރިޒަމަށް ހިތްވަރުދީ އެކަމަށް ވާގިވެރިވާ ޤައުމެއްގެ ގޮތުގައި ލޭބަލް ކުރުމަށްފަހުގައި ޤަޠަރާއެކު އެންމެހައި ގުޅުންތައް ކަނޑާލުމަށް ސަޢުދި ޢަރަބިއްޔާއިން ނިންމައި އަދި އެޤައުމުގެ ނުފޫޒުހިނގާ ޤައުމުތަކަށް މަޖުބޫރުކޮށްގެން ޤަޠަރާއެކު އެޤައުމުތަކުން ބާއްވަމުންދިޔަ ގުޅުންވެސް ކަނޑުވާލައި މެދުއިރުމަތީގައި ޤަޠަރު އެކަހެރިކޮށްލައި އަހަރުތަކަކަށް ބާއްވާފައިވެއެވެ.

ޤާޠަރާ ސަޢުދީއާއެކު އޮތް ހީނަރުވެފައިވާ ގުޅުން އަލުން އިޢާދަވާން ފަށާފައި މިވަނީ މިދިޔަ މަހުގައި ބޭއްވުނު ގަލްފު ކައުންސިލްގެ އިސްވެރިންގެ ބައްދަލުވުމުގެ ތެރެއިންކަންވެސް ފާހަގަކޮށްލެވެއެވެ. ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ޚާއްޞަ ދައުވަތެއް ޤަބޫލުކުރަށްވައި ޤަޠަރުގެ އަމީރުވަނީ، ސަޢުދީ އިން ރިޔާސަތު ބެލެހެއްޓި އެސަމިޓްގައި ބައިވެރިވެފައި ކަންވެސް ފާހަގަކޮށްލެވެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *