Ad
ތުރުކީވިލާތުގައި ހުންނަ ސަޢުދީ އެމްބަސީގެ ތެރޭގައި މަރާލެވުނު ނޫސްވެރިޔާ އެންމެފަހުން ފެނިފައިވާ ފުޓޭޖް ފޮޓޯއެއް-: ފޮޓޯ: އޭޕީ
ތުރުކީވިލާތުގައި ހުންނަ ސަޢުދީ އެމްބަސީގެ ތެރޭގައި މަރާލެވުނު ނޫސްވެރިޔާ އެންމެފަހުން ފެނިފައިވާ ފުޓޭޖް ފޮޓޯއެއް-: ފޮޓޯ: އޭޕީ

ޚާޝޯގީ މަރާލި މައްސަލައިގެ ރިޕޯޓު ހާމަކުރަށްވާނެކަމަށް އެމެރިކާގެ އިންޓެލިޖެންސްގެ ވެރިޔަކަށް އަންނާނެކަމަށް ބެލެވޭ އެވްރިލް ވަޢުދުވެވަޑައިގެންފި

ތުރުކީގެ ވެރިރަށް އިސްތަންބޯލުގައި ހުންނަ ސަޢުދީ އެމްބަސީގެ ތެރޭގައި އަނިޔާވެރިގޮތަކަށް މަރާލެވުނު ނޫސްވެރިޔާ ޖަމާލް ޚާޝޯގީގެ މަރުގެ ތަހުގީގުގެ ފުރިހަމަ ރިޕޯޓް ޢާންމުކުރަށްވާނެކަމަށް އެމެރިކާގެ އިންޓެލިޖެންސްގެ ވެރިއަކަށް، ބައިޑަން އިޚްތިޔާރުކުރަށްވާފައިވާ އެވްރިލް ހޭއިންސް ވަޢުދުވެވަޑައިގެންފިއެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ނޭޝަނަލް އިންޓެލިޖެންސް (ޑީއެންއައި) ގެ ވެރިޔާގެ މަޤާމަށް، ބައިޑަން އިޚްތިޔާރުކުރަށްވާފައިވާ އެވްރިލް މިފަދައިން ވިދާޅުވެފައި މިވަނީ އެކަމަނާއަށް ސެނެޓްގެ ރުހުން ހޯދުމަށް ކުރިއަށްދިޔަ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

"އާދެ، ސެނެޓަރ. އެއްވެސް ޝައްކެއް ނެތް، ޤާނޫނާ އެއްގޮތަށް ކަންތައް ކުރާނަން"

މަޤާމު ކަށަވަރުވެގެން ހިނގައްޖެ ނަމަ، ޚާޝޯގީ މަރުގެ ފަހަތުގައި ފޮރުވިތިބި އެޖަރީމާގެ ޒިންމާ ނަގަންޖެހޭ ބަޔަކު ބެލުމަށްޓަކައި، އެރިޕޯޓު ޤާނޫނުގައި ބުނެފައިވާގޮތަށް ކޮންގްރެސްއާ ހިއްސާކުރަށްވާނަންތޯ ސެނެޓަރަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން އެވްރިލް ވިދާޅުވިއެވެ.

ސަޢުދީ ޢަރަބިއްޔާއަށް އުފަން އެހެންނަމަވެސް ފަހުން ރައްޔިތުކަންވެސް ބަދަލުކުރަށްވައި ޤައުމުން ބޭރުގައި އަމިއްލައަށް އަރުވާލެވިގެން އުޅެނިކޮށް ޚާޝޯގީ މަރާލި މައްސަލާގައި، ސަޢުދީގެ ވަލީޢަހުދު މުޙައްމަދު ބިން ސާލްމާނަށް ބޮޑެތި ތުހުމަތުތަކެއް ކުރެވިފައި ވީނަމަވެސް، އެމްބީއެސް އެކަން ދޮގުކުރަށްވައެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *