Ad
ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ
ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ

ރައީސްކަމަށް ވާދަކުރާ ޕީޕީއެމް ކެނޑިޑޭޓްގެ ކެނޑިޑެންސީ ބާޠިލުކުރި މައްސަލަ ސްޕްރީމް ކޯޓަށް

ކުރިއަށް އޮތް ލޯކަލް ކަައުންސިލް އިންތިޚާބުގައި ތ. ކަނޑޫދޫ ކައުންސިލަށް ވާދަކުރާ ޕީޕީއެމް ކެނޑިޑޭޓް ގެ ކެނޑިޑެންސީ އިލެކްޝަންސް ކޮމިޝަނުން ބާޠިލުކުރި މައްސަލަ ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓަށް ހުށައަޅައިފިއެވެ.

އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ޓިކެޓްގައި ތ. ކަނޑޫދޫ ކައުންސިލްގެ ރައީސްކަމުގެ މަޤާމަށް ވާދަކުރާ ޙަސަން މޫސާގެ ކިބައިގައި އެއިންތިޚާބަށް ކުރިމަތިލާ މީހުންގައި ފުރިހަމަވާންޖެހޭކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާ ޝަރުޠު ފުރިހަމަ ނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައި ވަނީ، ފާއިތުވެދިޔަ ހަފްތާގެ ބުދަދުވަހު ބޭއްވުނު އެކޮމިޝަންގެ ބައްދަލުވުމަކުން ކަން ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފު ވަނީ މީގެކުރިން މިނޫހަށް ކަށަވަރުކޮށްދެއްވާފައެވެ.

ކެނޑިޑެންސީ ބާޠިލުކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުއްވި މި ކެނޑިޑޭޓް، ޙަސަން މޫސާ މިއަދު މިނޫހާ ވާހަކަދައްކަމުން ހާމަކުރެއްވި ގޮތުގައި، އިލެކްޝަންސް ކޮމިޝަންގެ އެ ނިންމެވުން ބާޠިލުކޮށްދެއްވުން އެދި ސްޕްރީމް ކޯޓަށް އެމައްސަލަ އޭނާގެ ފަރާތުން އިއްޔެގެ ވަގުތެއްގައި ހުށައަޅާފައި ވާނެއެވެ.

ޙަސަން މޫސާގެ ކެނޑިޑެންސީ އިލެކްޝަންސް ކޮމިޝަނުން ބަލައިގަނެ ކެނޑިޑޭޓުންގެ ނަންތައްވެސް ތަރުތީބުކޮށް އިޢުލާނުކުރެވުނު ފަހުން ކުއްލިގޮތަކަށް ޝަރުޠު ފުރިހަމަނުވާކަމަށް ކަނޑައެޅި، ޙަސަން މޫސާގެ ކެނޑިޑެންސީ ބާޠިލުކޮށްފައި ވަނީ، ކައުންސިލަކުން ހުށައެޅުއްވި ޝަކުވާއެއް ބެއްލެވުމުގެ ތެރެއިން ޙަސަން މޫސާއަކީ އެއިންތިޚާބުގައި ވާދަކުރުމަށް ޤާނޫނުގައި ބުނާ ޝަރުޠު ފުރިހަމަވާ ފަރާތެއް ނޫންކަން އިލެކްޝަންސް ކޮމިޝަނަށް ސާބިތުވެގެން ކަމަށް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެފައި ވޭމެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނިންމެވުމާ ގުޅިގެން ކެނޑިޑޭޓް ޙަސަން މޫސާގެ އިތުރުން އޭނާ ނިޞްބަތްވާ ޕީޕީއެމުންވެސް ބުނެފައި ވަނީ، ޙަސަން މޫސާއަކީ ޤާނޫނުގައި ބުނާ ޝަރުޠު ފުރިހަމަވާ ކެނޑިޑޭޓެއްކަމަށާއި އިލެކްޝަންސް ކޮމިޝަނުން ޙަސަން މޫސާގެ ކެނޑިޑެންސީ ބާޠިލުކޮށްފައި ވަނީ ޤާނޫނާއި ޤަވާޢިދުތަކުން ބޭރުން، އެތަކެއް އަސާސީ ހައްޤުތަކެއްވެސް މަޙްރޫމް ކޮށްގެންކަމަށެވެ.

އިންތިޚާބުގައި ވާދަކުރާ ފަރާތެއްގެ ކެނޑިޑެންސީ ނުވަތަ ޝަރުޠާމެދު ހުށައެޅޭ މައްސަލަތައް އެމައްސަލައެއް ހުށައެޅޭތާ ހަތް ދުވަހުގެ ތެރޭގައި ކޯޓުން ގޮތްކަނޑައަޅުއްވަން ޖެހޭނެކަމަށް އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގައި ބުނެފައި ވާއިރު، ޙަސަން މޫސާއަކީ ޝަރުޠު ފުރިހަމަނުވާ ފަރާތެއްކަމަށް ސްޕްރީމް ކޯޓުން ކަނޑައަޅުއްވައިފި ނަމަ، ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ކަނޑޫދޫ ކައުންސިލްގެ ރައީސްކަމުގެ ގޮނޑި، އިންތިޚާބަކާ ނުލައި، ވެރިކަންކުރާ މައިޕާޓީ އެމްޑީޕީއަށް ކަށަވަރުވާނެކަންވެސް ފާހަގަކޮށްލެވެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *