Ad

އިންޑިޔާއިން ހަދިޔާކުރި ވެކްސިނަކީ ދުނިޔޭގެ އެންމެ އިތުބާރުބޮޑު ކުންފުނީގެ ވެކްސިން: މިނިސްޓަރު ޝާހިދު

އިންޑިއާއިން ރާއްޖެ ހަދިޔާކުރެއްވި އޮކްސްފޯޑު ވެކްސިނަކީ ދުނިޔޭގެ އެންމެ ތަޖުރިބާ ހުރި، އިތުބާކުރެވޭ ވެކްސިން ކުފުންނިން އުފައްދާފައިވާ ވެކްސިނެއް ކަމުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ފާއިތުވެދިޔަ ދިހަމަސް ދިވެހި ރައްޔިތުން ހޭދަކުރީ ހިތްދަތިކަމާއި، ދަތި އުނދަގޫ ކަމާއިއެކުގައި ކަމަށެވެ. އިންޑިޔާ ސަރުކާރުން މިފަދަ ބޮޑު އެހީތެރިކަން ދެއްވިކަމަށްޓަކައި މިނިސްޓަރ ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ ކޯވިޑްގެ ރައްކާތެރިކަމުން އަރައިގަތުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދުވަހުން ދުވަހަށް ސަރުކާރުން ދިޔައީ އަޅަމުން ކަމަށެވެ.  މިނިސްޓަރު ޝާހިދު ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ވެކްސިން ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން ވަނީ ލިބިފައި ވާކަމަށާއި، މިއީ ދުނިޔޭގެ އެންމެބޮޑު ވެކްސިން އުފައްދާ ކުންފުނިން އުފައްދާފައިވާ އިތުރުބާރު ހުރި ވެކްސިނެއްކަމަށެވެ.

އިންޑިއާ ސަރުކާރުން ރާއްޖެ ހަދިޔާކުރެއްވި އޮކްސްފޯޑު ވެކްސިންގެ 100000 ޑޯޒް ރާއްޖެ ގެނެސްފައިވަނީ އިއްޔަ މެންދުރުފަހު އިންޑިއަން އެއަރލައިންސްގެ ފްލައިޓެއްގައެވެ. އިންޑިއާގެ ސެރަމް އިންސްޓިޓިއުޓުން ގެނައި މިވެކްސިނަކީ، އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަރސިޓީގެ ސައިންސްވެރިންނާއި ސިންގަޕޫރުގެ އެކްސްްޓްރާޒެނަކާއިން ތައްޔާރުކޮށްފައިވާ ވެކްސިނެކެވެ. އިންޑިއާއިން ހަދިޔާކުރި ވެކްސިން 50 ހާސް މީހުންނަށް ޖެހޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *