Ad
ރައީސް ޔާމީން: ފޮޓޯ/ސަން
ރައީސް ޔާމީން: ފޮޓޯ/ސަން

ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލައިގެ ހުކުމް އިއްވުން މިއަދު 14:15ގައި، ޝަރީއަތް ލައިވް ކުރާނެ!

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފު މައްސަލައިގެ ހުކުމް އިއްވުން މިއަދު 14:15 އަށް ތާވަލްކޮށްފިއެވެ.

މި މައްސަލަޔަކީ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި، މަނީ ލޯންޑަރިންގެ ކުށުގައި ފަސް އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ރައީސް ޔާމީނުގެ ފަރާތުން ހައިކޯޓުގައި އިސްތިޢުނާފު ކުރުމުން އެ މައްސަލަޔަށް ހުކުމް ކުރުމަށް ހައިކޯޓްގައި ބާއްވާ ޝަރީއަތެވެ.  މިއަދު 14:15 ގައި ބާއްވާ ޝަރީއަތުގެ އަޑުއެހުން ލައިވް ކުރާނެކަމަށް ހައިކޯޓުން ވަނީ ބުނެފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލުމަށް ކްރިމިނަލްކޯޓުން ކުރި ޙުކުމްގެ އިސްތިއުނާފް އަޑުއެހުންތައް ހައިކޯޓުގައި ނިންމާލައިފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހުއެވެ. މިހުކުމް ކުރުމަށް ފުރަތަމަ ތާވަލު ކޮށްފައިވަނީމިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހަށެވެ. ނަމަވެސް ހައިކޯޓުން ހުކުމް އިއްވުން ލަސްކުރީ މިއަދަށެވެ.

އިސްތިއުނާފުގެ އެންމެ ފަހު އަޑު އެހުމުގައި ރައީސް ޔާމީންވަނީ ގއ. ވޮޑަމުލާއަކީ އެމަނިކުފާނުގެ ވެރިކަމުގައި ދޫކުރި ރަށެއްނޫންކަމަށް ވިދާޅުވެފައެވެ. އެރަށް ފަތުރުވެރިކަމުގެ ބޭނުމަށް ދޫކުރުމުގެ އެއްވެސް ވާހަކައެއް ރައީސް ޔާމީނާހަމައަށް ގެންދަންޖެހޭ ސަބަބެއް ނެތް ކަމަށްވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. ދައުލަތުގެ ވަކީލުން ވިދާޅުވީ ރައީސް ކަމުގައި ހުންނަވައިގެން ވިޔަފާރި ކުރުމަކީ ޤާނޫނީ ގޮތުން މަނާ ކަމަކަށްވާއިރު އެކައުންޓަށް ޖަމާވި ފައިސާ ރައީސް ޔާމީން އިންވެސްޓްކޮށްފައިވާކަމަށެވެ.

ރައީސް ޔާމީން ހުކުމް ތަންފީޒް ކުރައްވަމުން ގެންދަވަނީ މާފުށީ ޖަލުގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *