Ad

ކޮޕަ ޑެލްރޭ: ތިންވަނަ ޑިވިޝަންގެ ޓީމެއްގެ އަތުން ބަލިވެ ރެއާލް މެޑްރިޑް މުބާރާތުން ކަޓައިފި

ކޮޕަ ޑެލްރޭ ފުޓްބޯޅަ މުބާރާތުގައި ސްޕެއިންގެ ތިންވަނަ ޑިވިޝަންގެ ޓީމެއްގެ އަތުން ބަލިވެ ރެއާލް މެޑްރިޑް މުބާރާތުން ކަޓައިފިއެވެ. މިއާއެކު މި ހަފްތާ ތެރޭގައި އެޓީމު މިވަނީ ދެ މުބާރާތުން ކަޓައިފައެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުން ރެއާލް މެޑްރިޑް ބަލިވީ އަލްކޮޔާނޯއާ ވާދަކޮށް 2-1 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ގޯލްޖަހާ ލީޑް ނެގީ ރެއާލް މެޑްރިޑުންނެވެ. މި ލަނޑު މެޑްރިޑަށް ކާމިޔާބުކޮށްދިނީ އެޑާ މިލިޓައޯއެވެ. އެލްކޮޔާނޯ އިން ނަތީޖާ ހަމަހަމަ ކުރީ މެޗްގެ 80 ވަނަ މިނެޓްގައި ސޮލްބެސް ކާމިޔާބުކުރި ލަނޑުންނެވެ.

ނަތީޖާ އެއްވަރުވެގެން ނަތީޖާ ނެރުމަށް ކުޅުނު އިތުރުވަގުތު ނިމެން ފަސްމިނިޓަށް ވެފައިވަނިކޮށް އެލްކޮޔާނޯ މެޗު މޮޅުވި ލަނޑު ކާމިޔާބު ކޮށްދިނީ ކަސަނޯވާއެެވެ. އަލްކޮޔާނޯއާ ސްޕެއިންގެ ޑިވިޝަން ބީގައި ކުޅެމުންދާ ޓީމެކެވެ.

ސްޕެނިޝް ލަލީގާގައި މިވަގުތުގެ ރެއާލްމެޑްރިޑް އޮތީ ދެމެޗް މަދުން ކުޅެފައިވާ އެތުލެޓިކޯ މެޑްރިޑަށް ވުރެ ހަތަރު ޕޮއިންޓް ފަހަތުގައިއެވެ. ކޮޕަ ޑެލްރޭ މުބާރާތް 19 ފަހަރު ކާމިޔާބުކޮއްފައިވާ މެޑްރިޑު މިމުބާރާތް ކާމިޔާބު ނުކުރެވޭތާ 7 އަހަރު ވެއްޖެއެވެ. މިއީ ތިންވަނަ ޑިވީޝަނުގެ ޓީމެއްގެ އަތުން ބަލިވެ މި މުބާރާތުން މެޑްރިޑް އަލްވަދާއު ކިޔަންޖެހުނު ފަސްވަނަ ފަހަރުއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *