ޔުވެންޓަސް އިން އިޓާލިއަން ސުޕަރ ކަޕް ކާމިޔާބުކޮށްފި އެވެ.
ޔުވެންޓަސްއިން މި ތަށި އުފުލާލީ ފައިނަލްގައި ރޭ ނަޕޯލީ އާ ދެކޮޅަށް ކުޅުނު މެޗު 0-2 އިން ކާމިޔާބުކޮށްގެންނެވެ. މެޗުގެ ފުރަތަމަ ގޯލް 64 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އިތުބާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މި ލަނޑާއެކު ރޮނާލްޑޯ ވެފައިވަނީ ޕްރޮފެޝަނަލް ފުޓްބޯޅައިގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ގޮތުގަ އެވެ. މިއީ ރޮނާލްޑޯގެ ކެރިއަރުގައި ޖެހި 760 ވަނަލަނޑެވެ.
ރޭގެ މެޗުގައި ޔުވެންޓަސް އިން ޖެހި ދެވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަލްވާރޯ މޮރާޓާ އެވެ. ރޭގެ މެޗުގައި ނަޕޯލީ އަށްވެސް ލަނޑު ޖަހާނެ ރަގަޅު ފުރުސަތު ތަކެއް ލިބުނެވެ. އެގޮތުން މެޗު ނިމެން ދިހަ މިނެޓަށް ވެފައި ވަނިކޮށް ނަޕޯލީ އަށް ލިބުނު ޕެނަލްޓީ އެ ޓީމުގެ ލޮރެންޒޯ އިންސިނޭ އަތުން ވަނީ ނާކާމިޔާބުވެފަ އެވެ. މި ޕެނަލްޓީ ދިޔައީ ބޭރަށެވެ. މިއީ ޔުވެންޓަސްއިން އިޓާލިއަން ސުޕަރ ކަޕް ކާމިޔާބުކުރި ނުވަ ވަނަ ފަހަރެވެ.