Ad

ރިޔަލު ދޯންޏެއްގައި މަހަށް ނުކުތް މީހަކު ގެއްލިގެން ހޯދަން ފަށައިފި

ގެއްލިގެން ހޯދަމުންދަނީ ކ. މާފުށި ޝޭޑީގްރޯވާ އަހުމަދު އާދަމް މަނިކު

ކ.މާފުށިން ރިޔަލު ދޯންޏެއްގައި މަހަށް ނުކުތް 81 އަހަރުގެ ފިރިހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުންދަނީ ކ. މާފުށި ޝޭޑީގްރޯވާ އަހުމަދު އާދަމް މަނިކު ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.

އެމްއެންޑީއެފުން ބުނީ އަހުމަދު އާދަމް މަނިކު ގެއްލިގެން އެމްއެންޑީއެފަށް ރިޕޯޓުކުރީ މިއަދު މެންދުރުފަހު 14:08 ހާއިރު ކަމަށެވެ.

އޭނާ މަސްވެރިކަމަށް ނިކުތީ ފަތިހު 5:30 ކަންހާއިރު 18 ފޫޓުގެ ރިޔަލު ދޯންޏެއްގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އޭނާ ހޯދުމުގެ މަަސައްކަތް އެމްއެންޑީއެފުން ކުރަމުން އަންނަ ކަމަށާއި، އޭނާއާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެ ނަމަ ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަމްބަރު 191 އަށް ގުޅާ މަޢުލޫމާތު ދިނުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *