Ad
ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ޤާޟީ ޙައިލަމް އަދި ރައީސް ޔާމީން މައްސަލައިގެ ހައިކޯޓު ޙުކުމުގައި ތަފާތު ރައުޔު އިއްވެވި ފަނޑިޔާރު ޝަހީދު-: ފޮޓޯ: ސަން
ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ޤާޟީ ޙައިލަމް އަދި ރައީސް ޔާމީން މައްސަލައިގެ ހައިކޯޓު ޙުކުމުގައި ތަފާތު ރައުޔު އިއްވެވި ފަނޑިޔާރު ޝަހީދު-: ފޮޓޯ: ސަން

ޖޭއެސްސީގައި ޕާކްކޮށްފައި އޮތް ފަނޑިޔާރު ޝަހީދުގެ މައްސަލަ ދެން ނިކަން އަވަހަށް ކުރިއަށް ގެންދާނެ: ޙައިލަމް

ޖޭއެސްސީގައި ދެއަހަރު ވަންދެން ޕާކްކޮށްފައި އޮތް ފަނޑިޔާރު ޝަހީދުގެ ސުލޫކީ މައްސަލަ ދެން ނިކަން އަވަހަށް ކުރިއަށް ގެންދާނެކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ޤާޟީ އަޙްމަދު ޙައިލަމް ވިދާޅުވެއްޖެއެވެ.

ޙައިލްމަ މިފަދައިން ވިދާޅުވެފައި މިވަނީ، ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ޖަލު ޙުކުމް އެމަނިކުފާނުގެ ފަރާތުން ހައިކޯޓުގައި އިސްތިޢުނާފްކުރި މައްސަލައިގައި ޙުކުމް ކުރުމަށް މިއަދު ބޭއްވުނު ޝަރީޢަތުގެ މަޖްލީހުގައި އެ މައްސަލަ ބެއްލެވި ހައިކޯޓުގެ ބެންޗުގައި ހިމެނިވަޑައިގެންނެވި އަނެއް ދެފަނޑިޔާރުންނާ ޚިލާފު ރައުޔެއް ފަނޑިޔާރު ޝަހީދު މިރޭގެ އިރާކޮޅު އިއްވެވުމާއެކު، ކުރެއްވި ޓްވީޓެއްގައެވެ.

އެމްއެމްޕީއާރސީ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް މަނީލޯންޑަރިންގެ ދަޢުވާ ކްރިމިނަލް ކޯޓުގައި އުފުލި އެމައްސަލައިގެ އަޑުއެހުންތައް ޙުކުމް ކުރުމާއި ހަމައަށްވެސް އޭރުގެ އިސްޤާޟީ ޙައިލަމް ކުރިއަށް ގެންދަވާފައިވަނިކޮށް، ޙުކުމްކުރުމުގެ ޝަރީޢަތުގެ މަޖްލިސް ފެށުމަށް ކުޑަ ވަގުތުކޮަޅަކަށް ވެފައިވަނިކޮށް ޖޭއެސްސީ އިން ފަނޑިޔާރު ޙައިލަމްގެ ސުލޫކީ މައްސަލައެއް ބަލާކަމަށް ބުނެ ފަނޑިޔާރުކަމުގެ މަޤާމުން ޙައިލަމް ސަސްޕެންޑްކުރިއެވެ. އަދި އެއަށްފަހު ކްރިމިނަލް ކޯޓުގައި އެކުލަވާލެވުނު އައު ބެންޗަކުން މައްސަލަ ކުރިއަށް ގެންދަވައި ރައީސް ޔާމީނުގެ މައްޗަށް މަނީލޯންޑްރިންގެ ކުށް ސާބިތުވާކަމަށް އެކޯޓުން ކަނޑައަޅައި 5 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލުމަށް ޙުކުމްކުރިއެވެ.

ޖޭއެސްސީ އިން ޙައިލަމް ސަސްޕެންޑް ކުރުމާއެކު ފަނޑިޔާރުކަމުގެ މަޤާމުން އަމިއްލައަށް އިސްތިޢުފާދެއްވުމަށް ފަހުގައި ޙައިލަމް ނެރުއްވި ބަޔާނެއްގައި، ރައީސް ޔާމީންގެ ޝަރީޢަތާ ގުޅިގެން ޙުކުމަށް ނުފުޒުފޯރުވުމަށް އަދުގެ ސަރުކާރުގެ އިސް ފަރާތްތަކުން ސީދާ އެމަނިކުފާނަށް ގުޅުއްވައިގެންވެސް މަސައްކަތް ކުރެއްވި ކަންވެސް ހާމަކުރަށްވާފައި ވެއެވެ.

ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިޢުނާފްކުރެއްވި މައްސަލައިގައި، މައްސަލަ ބެއްލެވި 3 ފަނޑިޔާރުން ހިމެނިވަޑައިގަންނަވާ ބެންޗުގެ އަޣްލަބިއްޔަތުން ދަށު ކޯޓުގެ ޙުކުމް ދަމަހައްޓަވައި ޙުކުމްކުރަށްވާފައި ވާއިރު، އެބެންޗްގައި ހިމެނިވަޑައިގެންނެވި ފަނޑިޔާރު ޝަހީދުގެ ރައުޔަކީ، ޝަރުޢީ އަދި ޤާނޫނީ ހަމަތަކުން ބަލާއިރު ދަށު ކޯޓުގެ ޙުކުމް ބާޠިލުކުރަންޖެހޭ ކަމެވެ.

ރައީސް ޔާމީން އިސްތިޢުނާފް ކުރެއްވި މިމައްސަލައިގެ ޙުކުމްކުރުމުގެ ޝަރީޢަތުގެ މަޖްލިސް 5 ގަޑިއިރަށްވުރެ އިތުރަށް ދެމިގެންދިޔަ އިރު، ފަނޑިޔާރު ޝަހީދުގެ ޚިލާފު ރައުޔުގައި އެމަނިކުފާނުގެ ރައުޔު ބިނާކުރެއްވި ސަބަބުތައް ވަރަށް ތަފްޞީލް ގޮތެއްގައި ފާހަގަކުރަށްވަމުން، ރައީސް ޔާމީންގެ މައްޗަށް ދަޢުވާ އުފުލިފައިވާ ކުށް ސާބިތުވާކަން ކަނޑައެޅުމަށް ފުރިހަމަވާން ޖެހޭ މަޢުނަވީ ރުކުނެއްކަމުގައިވާ، ކުށުގެ ނިޔަތް ރައީސް ޔާމީންގެ ކިބައިގައި ނެތްކަމަށް، ރައުޔު އިއްވަމުން ފަނޑިޔާރު ޝަހީދު ވިދާޅުވެފައި ވާކަންވެސް ފާހަގަކޮށްލެވެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *