Ad
މުވައްޒަފުންތަކަކަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތުގައި މަޤާމުން ދުރުކުރުވެނު ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު-: ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
މުވައްޒަފުންތަކަކަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތުގައި މަޤާމުން ދުރުކުރުވެނު ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު-: ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

ރޭޕްކުރަން އުޅުން ހިމެނޭގޮތަށް ދަޢުވާ އުފުލިފައި ވާއިރު ޝަރީޢަތް ނިމެންދެން ޢަލީ ވަޙީދު ބަންދުކުރުމަށް ނޭދުނީ ކީއްވެ؟: ޙައިލަމް

ރޭޕްކުރަން އުޅުންވެސް ހިމެނޭގޮތަށް ޖިންސީގޯނާކުރުމުގެ ދަޢުވާ އުފުލިފައިވާއިރު ޝަރީޢަތް ނިމެންދެން ޢަލީ ވަޙީދު ބަންދުކުރުމަށް ނޭދުނީ ކީއްވެތޯ ވިދާޅުވެ ކްރިމިނަލް ކޯޓުގެ ކުރީގެ އިސްޤާޟީ އަޙްމަދު ޙައިލަމް ސުވާލުއުފައްދަވައި ޕީޖީ އޮފީހަށް ފާޑުވިދާޅުވެއްޖެއެވެ.

ޙައިލަމް މިފަދައިން ވިދާޅުވެފައި މިވަނީ، އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީގޯނާކުރުމުގެ މައްސަލައަކާ ގުޅިގެން ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދަޢުވާތަކުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ތާވަލުކުރި ޚަބަރު ހިމަނުއްވައި މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

"މުވައްޒަފަކަށް ޖިންސީ ގޯނާކޮށްގެން، ރޭޕްކުރަން އުޅުން ހިމެނޭގޮތަށް 7 ދަޢްވާ ކުރިއިރު، ޢަލީ ވަހީދު ޝަރީޢަތް ނިމެންދެން ބަންދަށް ލުމަށް ކޯޓުގައި ނޭދުނީ ކީއްވެގެންތޯ؟ އާންމު މީހެއްނަމަ އަޑަށް ބާރުލާފައި ތުހުމަތުކުރެވޭ ފަރާތް ބަންދުކުރުމަށް ޕީޖީން ތަކުރާރުކޮށް އެދޭނެ."

ރޭޕް ނުވަތަ ޖިންސީގޯނާ ފަދަ ސީރިއަސް ކުށްތަކުގެ ތުހުމަތުގައި ތަހުގީގުކުރެވޭ ފަރާތްތަކާއި ދަޢުވާ އުފުލޭ ފަރާތްތައްވެސް ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ޕްރޮސެކިޔުޓަރ ޖެނެރަލް އޮފީހުން އެދޭ ޢާންމު އުޞޫލާ ޚިލާފަށް، ޢަލީ ވަޙީދުގެ މައްސަލައިގައި ޢަމަލުކޮށްފައި ވުމުން އެކަމަށް ފާޑުވިދާޅުވެ ކުރެއްވި މިޓްވީޓުގައި ކްރިމިނަލް ކޯޓުގެ ކުރީގެ އިސްޤާޟީ ޙައިލަމް ވިދާޅުވެފައި ވެއެވެ.

މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައެއްގެ ތުހުމަތުގައި މަގާމުން ވަކިކޮށްފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޖިންސީ ގޯނާކުރުމުގެ ދައުވާތަކުގެ ޝަރީއަތްތައް ފެށުން އާދިއްތަ ދުވަހުގެ މެންދުރު 1:30 ގައި ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައި ވާއިރު، އެމައްސަލައާ ގުޅިގެން ޢަލީ ވަހީދުގެ މައްޗަށް ހަތް ދައުވާއެއް އުފުލިފައި ވާކަންވެސް ފާހަގަކޮށްލެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *