ދައުލަތުގެ ޢިމާރާތްތަކުގެ ތެރޭގައާއި ޢާންމު ޚިދުމަތްތައް ދެވޭ އަދި އެއްފަހަރާ ގިނަ މީހުން އެއްވާ ތަންތަނުގައި، މާސްކުއެޅުން މަޖުބޫރުކުރަށްވައި އެމެރިކާގެ އައު ރައީސް ޖޯ ބައިޑެން ނެރުއްވި ރިޔާސީ ޤަރާރާ އެމަނިކުފާނު ޚިލާފުވެވަޑައިގެންނެވުމާއެކު ގިނަ ފަރާތްތަކެއްގެ ފާޑުކިޔުން ރައީސް ބައިޑެންއަށް އަމާޒުވެއްޖެއެވެ.
އެމެރިކާގެ ރައީސް ކަމުގެ މަޤާމާ ޙަވާލުވެވަޑައިގެންނެވުމަށް ފަހު ފުރަތަ ސައުވީސް ގަޑިއިރުގެ ތެރޭގައި ނެރުއްވި ރިޔާސީ ޤަރާރުތަކުންކުރެ ޤަރާރަކުން، ދައުލަތުގެ ޢިމާރާތްތަކުގެ ތެރޭގައި އުޅޭ ވަގުތުގައި މާސްކުއެޅުން މަޖުބޫރުކޮށްފައި ވެއެވެ. އެހެންނަމަވެސް، އެޤަރާރުގައި ސޮއިކުރެއްވިތާ ގަޑިއިރުތަކެއްގެ ތެރޭގައި، އެޤައުމުގެ ކުރީގެ ރައީސެއް ކަމުގައިވާ ލިންކަންގެ ހަނދާނުގައި ބެހެއްޓިފައި ހުރި މޮނިއުމަންޓުކައިރިއަށް ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރެއްވި އިރުވެސް ބައިޑެން މާސްކު ނާޅުއްވައި ހުންނެވުމާއެކު އިދިކޮޅު ސިޔާސީ ފަރާތްތަކުގެ އިތުރުން ނޫސްވެރިންގެ ފާޑުކިޔުންތަށްވެސް ބައިޑެންއަށް އަމާޒުވެގެން ދިޔައެވެ.
Biden signed a mask mandate requiring everyone who is on federal land to have to wear masks.
Here is Biden tonight at the Lincoln Memorial, which is on federal land, not wearing a mask: https://t.co/Q1T01mrq29
— Ryan Saavedra (@RealSaavedra) January 21, 2021
ބައިޑެން ހުވާކުރެއްވުމަށް ފަހުގައި ސޮއިކުރެއްވި ރިޔާސީ ޤަރާރުތަކަކީ، ކޮވިޑް-19 ވަބާއިން އެމެރިކާ ސަލާމަތްކުރުމުގެ ގޮތުން އެޅޭ ފިޔަވަޅުތަކާއި، މޫސުމާބެހޭ ކަންކަމާ ގުޅޭ ޤަރާރުތަކާއި، ހިޖުރަކުރުމާއި "ރައްޔިތުކަން" ދިނުމާ ބެހޭ ޤާރާރުތަކާއި، ޘަޤާފީ އަދި މަދަނީ ޤަބޫލުކުރުންތަކާ ގުޅިގެން ހުރި ތަފާތުކުރުންތައް ނައްތާލުމާގުޅޭ ޤަރާރުތަކެއްކަންވެސް ފާހަގަކޮށްލެއެވެއެވެ.