Ad
މީގެކުރިން ބޭއްވުނު އިންތިޚާބެއްގެ ނަތީޖާ ސާފުކުރުމުގައި އޮފިޝަލުން ޙަރަކާތްތެރިވަނީ-: ފޮޓޯ: ވީނިއުސް
މީގެކުރިން ބޭއްވުނު އިންތިޚާބެއްގެ ނަތީޖާ ސާފުކުރުމުގައި އޮފިޝަލުން ޙަރަކާތްތެރިވަނީ-: ފޮޓޯ: ވީނިއުސް

އަންހެނުންނަށް ގޮނޑި ޚާއްޞަކުރި މައްސަލައިގެ ޙުކުމް އިއްވުން މިއަދު

ލޯކަލް ކައުންސިލް އިންތިޚާބުގައި އަންހެނުންނަށް ކައުންސިލްތަކުގެ ގޮނޑި ޚާއްޞަކުރުމާ ގުޅިގެން އެކަމަކީ ޤާނޫނުއަސާސީއާ ޚިލާފުކަމެއްކަމަށް ބުނެ ހުށައެޅުނު ދުސްތޫރީ މައްސަލައިގެ ޙުކުމްކުރުން ހައިކޯޓުގައި މިއަދަށް ތާވަލުކޮށްފިއެވެ.

ހައިކޯޓުގެ ރަސްމީ ޓްވިޓަރ އަތްގަނޑުން އިއްޔެ ޢާންކުކޮށްފައިވާ އެކޯޓުގެ މިއަދުގެ ތާވަލުގައި އެމައްސަލައިގެ ޙުކުމް އިއްވުމުގެ އަޑުއެހުން ތާވަލުކޮށްފައި ވަނީ މިއަދު މެންދުރުފަހު 2:00 އަށެވެ. އަދި މިއަޑުއެހުން އެކޯޓުގެ ޔޫޓިއުބް ޗެނަލުން ވަގުތުން ދައްކާނެކަމަށްވެސް އެކޯޓުން ހާމަކޮށްފައި ވެއެވެ.

ޢާންމު ޤާނޫނެއްގެ ދަށުން، ކޮންމެ އިދާރީދާއިރާއެއްގައިވެސް އަންހެނުންނަށް ވަކި ޢަދަދަކަށް ގޮނޑި ޚާއްޞަކޮށް، އެގޮނޑިތަކަށް ފިރިހެނުންނަށް ކުރިމަތިނުލެވޭ ގޮތަށް ކަނޑައަޅާފައި އޮތް އޮތުމަކީ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހަމަހަމަކަމުގެ އަސާސާ ޚިލާފު ކަމެއްކަމަށްބުނެ ހައިކޯޓަށް ދުސްތޫރީ މައްސަލައެއް ހުށައަޅުއްވާފައި ވަނީ ޤާނޫނީ ވަކީލުކަމުގެ ހުވައިވެސް މިހިނދު ކުރަށްވާފައިވާ މޫސާ އަންވަރެވެ.

ލޯކަލް ކައުންސިލް އިންތިޚާބާގުޅޭ ހަތަރު މައްސަލައެއް މިހާތަނަށް ކޯޓަށް ހުށައެޅިފައި ވާއިރު، އޭގެތެރެއިން ފުރަތަމަ މައްސަލައިގެ ޙުކުމް ސްޕްރީމްކޯޓުން ދައުލަތާ އެއްކޮޅަށް އިއްވައި، ދެވަނަ މައްސަލައިގެ ޙުކުމްކުރުން ހައިކޯޓުގައި މިއަދަށް ތާވަލުކޮށްފައި ވާއިރު، ހައިކޯޓުގައި އިތުރުއެހެން ދުސްތޫރީ މައްސަލައެއްވެސް ކުރިއަށްދާއިރު، ކެނޑިޑެންސީއާބެހޭ ނުވަތަ ޝަރުޠު މައްސަލައެއްވެސް ސްޕްރީމް ކޯޓަށް ހުށައެޅި، އަދި އަޑުއެހުންތައް ފެށިފައި ނުވާކަންވެސް ފާހަގަކޮށްލެވެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *