Ad
ދިވެހި ދައުލަތުގެ އެންމެ އިސް ތިންވެރިން، ރައީސް ޞާލިޙާއި ނައިބުރައީސް ފައިޞަލާއި މަޖްލިސް ރައީސް ނަޝީދު-: ފޮޓޯ: އެމްޑީޕީ
ދިވެހި ދައުލަތުގެ އެންމެ އިސް ތިންވެރިން، ރައީސް ޞާލިޙާއި ނައިބުރައީސް ފައިޞަލާއި މަޖްލިސް ރައީސް ނަޝީދު-: ފޮޓޯ: އެމްޑީޕީ

ޓާގެޓްކޮށްގެން ޖުޑީޝަރީއަށް ބަދަލުގެނައުމުގެ ޒަމާންވީ ސަޤާފަތް ބަދަލުކުރަން ރައީސް ސޯލިހު ވީ ވަޢުދު މިވީ އޮޅުވާލުމަކަށް: ޑރ. ޖަމީލް

ރައީސް ޔާމީނަށް ހައިކޯޓުން ކުރި ޙުކުމުން އެނގުނީ ޖުޑިޝަރީއަށް ސަރުކާރުން ބަދަލުގެނައީ ސީދާ ވަކިބަޔަކަށް ޓާގެޓްކޮށްގެން ކަމަށާއި، ޒަމާންވީ މިސަޤާފަތް ބަދަލުކުރަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވެވަޑައިގެންނެވި ވަޢުދު މިވީ އޮޅުވާލުމަކަށް ކަމަށް، ރައީސް ޔާމީންގެ ދިފާޢީ ވަކީލުންގެ ޓީމުގައި އިސްކޮށް ޙަރަކާތްތެރިވާ ޑރ. ޖަމީލް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ އިންތިޚާބީ ނައިބުރައީސް ކަމުގައި ހުންނަވަނިކޮށް އިތުބާރުނެތްކަމުގެ ވޯޓަކުން މަޤާމުންދުރުކުރެވުނު ކުރީގެ ނައިބު ރައީސް ޑރ. ޖަމީލް މިހެން ވިދާޅުވެފައި މިވަނީ، މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އެމްއެމްޕިއާރސީ ޚިޔާނާތާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުއްލެވި މަނީލޯންޑަރިންގ ކުށުގެ ދަޢުވާ އެމަނިކުފާނުގެ މައްޗަށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެތެރޭގައި ކަނޑައަޅައި 5 އަހަރު ދުވަހުގެ މުއްދަތަކަށް އެމަނިކުފާނު ޖަލަށްލުމަށް އެކޯޓުން ޙުކުމްކޮށްފައި ވެއެވެ.

އަދި، ރައީސް ޔާމީންގެ ފަރާތުން އެނިންމުން ހައިކޯޓުގައި އިސްތިޢުނާފުކުރެއްވުމާ ގުޅިގެން ބެލެވުނު މައްސަލައިގައި، ދަށު ކޯޓުގެ ޙުކުމަށް ބަދަލުގެންނަންޖެހޭ ތަނެއް ނެތްކަމަށް، ހައިކޯޓުން އެމައްސަލަ ބެއްލެވި 3 ފަނޑިޔާރުންގެ ބެންޗުގެ އަޣްލަބިއްޔަތުން ފާއިތުވެދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ޙުކުމްކުރެއްވިއެވެ.

ދަށުކޯޓުގެ ޙުކުމް ދަމަހައްޓަވައި ހައިކޯޓުން ކުރެއްވި ޙުކުމް އިިސްތިޢުނާފުކުރަށްވާނެކަމަށާއި، އިސްތިޢުނާފީ އެންމެފަހު މަރްޙަލާކަމުގައިވާ ސްޕްރީމް ކޯޓުން އެމަނިކުފާނު މިނިވަންވާނެކަމަށް ޔަޤީންކުރަށްވާކަމަށްވެސް، ދިފާޢީ ވަކީލު ޑރ. ޖަމީލު ވިދާޅުވެފައި ވޭމެއެވެ.

ރައްޖޭގެ ޝަރުޢީ ނިޒާމަކީ އިޞްލާޙުކުރަންޖެހިފައި ނިޒާމެއްކަމީ ޤާބޫލުކުރަންޖެހޭ ހިތި ޙަޤީޤަތެކެވެ. އަދި އެކަމަށް އެންމެ ބޮޑަށް ވަކާލާތުކޮށް އަޑުއުފުލި ބަޔަކީވެސް، މިހިނދު ވެރިކަން ކުރަމުންގެންދާ އަދި މަޖްލީހުގެ ސުޕަރ މެޖޯރިޓީއެއްވެސް އޮތް އެމްޑީޕީއެވެ. އެޕާޓީއަށް ވެރިކަން ލިބި، ރައްޔިތުންގެ މަޖްލީހުގެ ސާފު މެޖޯރިޓީ ލިބުމާއެކު، ޝަރުޢީ ދާއިރާ މިނިވަންވާނެކަމުގެ އުންމީދު އައުވެގެން ދިޔަ ނަމަވެސް، ދެއަހަރު ފާއިތުވެގެން ދާއިރުވެސް، ފާއިތުވެދިޔަ ސަރުކާރުތަކުންވެސް ޢަމަލުކުރަށްވާފައިވާ ގޮތް ނޫންގޮތަކަށް އަދުގެ ޖޭއެސްސީ އިން ޢަމަލުކުރަށްވަމުން ގެންދަވާތަން ފެންނަމުން ނުދާތީވެ، ޝަރުޢީ ދާއިރާ އިޞްލާޙުކުރެވިދާނެކަމުގެ އުންމީދުގެ ހުޅުކޮޅުވެސް ނިވިފައި ވާކަހަލައެވެ.

ޝަރުޢީ ދާއިރާ މިނިވަންވީ ކުރިން އެދާއިރާއަށް ނުފުޒުފޯރުވަމުން ދިޔަ ބައެއްގެ އަތްދަށުންނެވެ. އެހެންނަމަވެސް އަނެއްކާވެސް ގޮސް ވެއްޓިފައި މިވަނީ އެހެންބައެއްގެ މުށުތެރެއަށެވެ. ހަޤީޤީ މިނިވަންކަމެއް އެދާއިރާއަށް އައިސް ރައްޔިތުންނަށް މަންފާކުރާނެ ފަދަ އިޞްލާހެއް ޖުޑީޝަރީއަށް ގެނެވިފައި ނުވާކަމީ ޙައްޤު ތެދުނޫންހެއްޔެވެ.

ރާއްޖޭގެ ޝަރުޢީ ކޯޓުތަކަށް މައްސަލަ ހުށައެޅި ބެންޗު އެކުލަވާލެވުމުން ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރުންނަކީ ވަކި "ކުލައެއްގެ" ފަނޑިޔާރުންކަން، އެންމެ ޢާންމު ރައްޔިތު މީހާއަށްވެސް އިނގިލިދިއްކޮށް ބުނެލަން އެނގޭ ދަރަޖައަށް ކަންކަން ގޮސްފައި ވާއިރު، ޢަދުލުވެރި އިންޞާފުވެރި ޙުކުމެއް ކަށަވަރުވުމަށް ލާޒިމުކުރާ، ފަނޑިޔާރުންގެ މިނިވަންކަމާއި މުސްތަޤިއްލުކަން، ކަށަވަރުވާނެ ހަމައެއް އޮންނާނެހެއްޔެވެ.

ޖުޑީޝަރީ ނުވަތަ ޝަރުޢީ ދާއިރާ އިސްލާޙުކުރުމަށް އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކުރުމަށް އެމްޑީޕީ އިން އޭރު ވަޢުދުވީ ކަންތައް ކަމުގައިވާ ޖުޑީޝަލް ސާރވިސް ކޮމިޝަން ނުވަތަ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމުގެ ވަޢުދު އެޕާޓީއަށް މަޖްލީހުގެ ސުޕަރ މެޖޯރިޓީ ލިބުމާއެކު، ހިތާވާ ކަމަނާއަށް ރައްޓެހިވެގެން އުޅޭހިނދު އުޑުން ތަރިބާލަދޭ ވަޢުދު ކައިވެންޏަށްފަހުގައި ބިލާހަކަށް ވެގެންދާ ބީދައިން، ވެގެންހިނގައްޖެކަމަށް އެތަކެއް ރައްޔިތުންނެއް މިއަދު ބުނަމުން ގެންދާކަން ފާހަގަކޮށްލެވެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *