Ad

ޗެލްސީގެ ކޯޗަކަށް ޖަރުމަނުގެ ތޯމަސް ޓުޗެލް ހަމަޖައްސައިފި

ލަމްޕާޑު މަޤާމުން ވަކިކުރުމަށްފަހު ޗެލްސީގެ ކޯޗަކަށް ޖަރުމަނުގެ ތޯމަސް ޓުޗެލް ހަމަޖައްސައިފިއެވެ.

ޓުޗެލްގެ ކޯޗުކަމުގައި ޗެލްސީ ކުޅޭ ފުރަތަމަ މެޗަކަށް ވެގެންދާނީ މިރޭ އަމިއްލަ ދަނޑުގައި ވުލްވްސްއާ ދެކޮޅަަށް ކުޅޭ މެޗެވެ.

ޗެލްސީން ޓުޗެލް ގެނައީ 18 މަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ޓުޗެލް އަކީ ޗެލްސީގެ ވެރިޔާ ރޯމަން އަބްރަމޮވިޗް، 2003 ވަނަ އަހަރު އެ ކްލަބް ގަތް ފަހުން އެ ޓީމާ ހަވާލުވި 11 ވަނަ ކޯޗެވެ.

އިންގްލެންޑުން އަަމަލުކުރަމުން އަންނަ ކޯވިޑް-19ގެ އުސޫލުގެ ދަށުން ޓުޗެލް ވަނީ ރޭ ކޯވިޑް-19 އަށް ޓެސްޓްކޮށް ނެގެޓިވްވުމުން ޗެލްސީގެ ފަރިތަކުރުންތަކެއް ބާއްވައިފައެވެ.

ކުރިން ބޮރޫޝިއާ ޑޯޓްމުންޑާއި، ޕީއެސްޖީއަށް ކޯޗުކޮށްދިން ޓުޗެލް ޕީއެސްޖީއާ ހަވާލުވީ 2018 ވަނަ އަހަރު، ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ޓުޗެލްއާއެކު ޕީއެސްޖީން ފްރެންޗް ލީގު ދެ ފަހަރު ކާމިޔާބުކުރިއިރު، މިދިޔަ ސީޒަނުގައި ޓުޗެލްގެ ކޯޗުކަމުގައި ޕީއެސްޖީން ވަނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައިވެސް ކުޅެފައެވެ. އެއީ އެ ކުލަބުގެ ތާރީޚުގައި ކުޅުނު ފުރަތަމަ ޗެމްޕިއަންސް ލީގު ފައިނަލެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *