އިނގެރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުން ބޭރުގައި އާސެނަލް ކުޅުނު މެޗު ފަހަތުން އަރައި މޮޅުވެ ލީގުގެ 8 ވަނައަށް ޖެހިލައިފިއެވެ.
މި މެޗުން ސައުތެމްޓަންގެ މައްޗަށް އާސެނަލުން ކުރި ހޯދީ 3-1 ނަތީޖާއަކުންނެވެ. މިމެޗުގައި ފުރަތަމަ ލީޑުނަގައި މެޗް ޑޮމިނޭޓް ކުރީ ސައުތެމްޓަނުންނެވެ. މެޗްގެ 3 ވަނަ މިނެޓްގައި ސްޓުއާޓް އާމްސްޓްރޯންގްގެ ގޯލުން ސައުތެމްޓަން ލީޑުނަގާފައިވަނިކޮށް އާސެނަލް ވަނީ ކުޅުން ރަނގަޅުކޮށް ސައުތެމްޓަން ގޯލަށް ނުރައްކާ ކޮށްފައެވެ. އާސެނަލްގެ ފުރަތަމަ ގޯލް 8 ވަނަ މިނެޓްގައި ނިކޮލަސް ޕެޕޭގެ ކާމިޔާބުކުރިއިރު އެޓީމުން ލީޑުނެގީ 39 ވަނަ މިނެޓްގައި ބުކާޔޯ ސާކާ ޖެހި ގޯލުންނެވެ. އާސެނަލްގެ ފަހު ގޯލް 72 ވަނަ މިނެޓްގައި ޖެހީ އަލެކްސަންޑަ ލަކަޒޭޓް އެވެ.
މި މޮޅާ އެކު 20 މެޗުން 30 ޕޮއިންޓް ހޯދައިގެން އާސެނަލް ވަނީ ލީގުގެ އަށް ވަނަ އަށް ޖެހިލައިފަ އެވެ.