Ad

ރައީސް ސޯލިހުގެ އެޑްވަޒަރަކަށް ގެންނަން އުޅެނީ ރީކޯމޫސަ: އިދިކޮޅު

ކުރީގެ ރައްޔިތުންގެ މަޖްލިސް ނައިބުރައީސް އަދި ކުރީގެ އެމްޑީޕީގެ ޗެއަރޕަރސަން ރީކޯ މޫސާ މަނިކަށް މިނިސްޓަރު ފެންވަރުގައި ރައީސް ސޯލިހުގެ އެޑްވައިޒަރުކަމުގެ މަގާމު ދޭން އުޅޭކަމަށް ބުނެ ޕީޕީއެމް އަދި ޕީއެންސީގެ މެންބަރުން އަޑުފަތުރަން ފަށައިފިއެވެ. ރީކޯމޫސަ ސިޔާސީ ގޮތުން މިދިޔަ ދެއަހަރު އެއްވެސް މަގާމެއްގައި ނޫޅޭއިރުވެސް މޫސަގެ އަޑު ސިޔާސީ މަސްރަހަކުން އަދިވެސްނުކެނޑެއެވެ.

މޫސާ މަނިކަކީ އެމްޑީޕީ އުފެދުނީއްސުރެ އެޕާޓީއަށް އެތައް ހިދުމަތެއްކޮށް، ރައީސް ނަޝީދާއި އެކީގައިވެސް ގިނަ މަސައްކަތްތަކެއް ޕާޓީގައި ކޮށްފައިވާ ބޭފުޅެކެވެ. ރައްޔިތުންގެ މަޖްލީސްގައި ގިނަ ދައުރުތަކެއްގައި މޫސަ އުޅުއްވިއިރު އޭރު އެންމެ ކައިރިން މަސައްކަތްކޮށްފައިވާނީ އޭރުގެ އެމްޑީޕީގެ ޕީޖީ ލީޑަރު އަދި މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއެވެ. މިދެބޭފުޅުންގެ ދުވަސްވީ ރަހުމަތްތެރިކަމަކަށް އަދިވެސް ބަދަލެއް އަންނަތަނެއް ނުފެނެއެވެ. މިހާރުވެސް ސޯޝަލްމީޑިއާ އަދި ޓީވީތަކުގައި ރައީސް ސޯލިހުގެ ސަރުކާރު ދިފާއުކޮށް ވާހަކަދައްކާ އެކަކަށް މޫސަ ވާނެއެވެ. އަދި ރައީސްގެ ބައެއް ދަތުރުފުޅުތަކުންވެސް މޫސަ ފެނިފައި އެބަހުއްޓެއެވެ.

ކޮންމެއަކަސް ޕީޕީއެމްގެ ކައުންސިލު މެންބަރުންނާއި އަދި ބައެއް އެކްޓިވިސްޓުން މިވާހަކަ ދައްކަނީ އެކަހަލަ ބަދަލެއް ރައީސް ސޯލިހު ގެންނަވައިފިނަމަ އެމްޑީޕީ މެންބަރުންނަށް އިތުރު ޖޯޝްގެނެސް ސަރުކާރާ އަދި އެމްޑީޕީ އިތުރަށް ވަރުގަދަވާނެކަން އެނގޭތީކަމަށް ސިޔާސީ މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ދެއަހަރު ވެރިކަމަށް ވީއިރު އެމްޑީޕީ އަދި ސަރުކާރު ވަނީ ނެގިމަޑުވެފައެވެ. އިތުރު ޖޯޝް ބޭނުން ވެފައެވެ. އެމެރިކާގެ ކުރީގެ ރައީސް އޮބާމާގެ 8 އަހަރުގެ ވެރިކަމުގައިވެސް ކޮންމެ ދެއަހަރަކުން އެއްފަހަރު ބަދަލުތައް ގެންނަވައެވެ. ރައްޔިތުންނަށް ވީވައުދުތައް ފުއްދާ، ރައީސް ބޭނުންފުޅުވާ ކަންތައް އަވަސް ސްޕީޑުގައި މިނިސްޓަރުން ލައްވާ ކުރުވުމަށެވެ.

ކޮންމެއަކަސް މޫސަ އެޑްވައިޒަރުކަން އަދި އައްޔަނު ނުކުރާއިރުވެސް މިކަމަކީ އިދިކޮޅުމީހުން ޖެހިލުންވާ އަދި ސިޔާސީ ގޮތުން ބޮޑެތިބަދަލުތަކެއް އަންނާނެ ކަމެއްކަން އިދިކޮޅު ފަރާތްތަކުން ގަބޫލު ކުރާކަން އެމީހުންގެ ވާހަކަތަކުން އެނގެއެވެ. ބަލަންތިބެމާހެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *