Ad
އިންޑިއާއިން ލަންކާއަށް ހަދިޔާކުރި ކޮވިޑް ވެކްސިން އެގައުމުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސާ ހަވާލުވެވަޑައިގަންނަވަނީ-: ފޮޓޯ: ޓްވިޓަރ
އިންޑިއާއިން ލަންކާއަށް ހަދިޔާކުރި ކޮވިޑް ވެކްސިން އެގައުމުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސާ ހަވާލުވެވަޑައިގަންނަވަނީ-: ފޮޓޯ: ޓްވިޓަރ

އިންޑިއާއިން ލަންކާއަށް 500000 ޑޯޒް "ކޮވިޝީލްޑް" ހަދިޔާކުރުމާއެކު މާދަމާ ވެކްސިން ޖަހަންފަށަނީ

ކޮވިޑް-19 ބައްޔަށް ޚާއްޞަކޮށްގެން އިންޑިއާއިން އުފެއްދި ވެކްސިން ކޮވިޝީލްޑް ގެ 5 ލައްކަ ޑޯޒް އެގައުމުން އަވައްޓެރި ލަންކާއަށް މިއަދު ހަދިޔާކުރުމާއެކު އެވެކްސިން މާދަމާ ޖަހަންފަށާނެކަމަށް ސްރީލަންކާއިން ހާމަކޮށްފިއެވެ.

އަވައްޓެރި ލަންކާގެ ނޫސްވެރިންނާއި ލޯކަލް މީޑިއާތަކުންވެސް ހާމަކޮށްފައިވާ ގޮތުގައި އިންޑިއާއިން ހަދިޔާކުރި ވެކްސިން މިއަދުގެ ވަގުތެއްގައި ލަންކާއަށް ގެނެވިފައިވާއިރު އެ ވެކްސިން ޖެހުމުގެ މަސައްކަތް މާދަމާއިން ފެށިގެން ލަންކާގައި ކުރިއަށްގެންދާނެއެވެ.

https://twitter.com/SriLankaTweet/status/1354680784272109568?s=20

 

ވެކްސިން އުފެއްދުމުގައި މަޝްހޫރު ދެކުންފުނިކަމުގައިވާ ޔޫރަޕްގެ އެސްޓްރާޒެނެކާ އަދި އިންޑިއާގެ ސިރާމް އިންސްޓިޓިއުޓް ގުޅިގެން އުފެއްދި ކޮވިޝީލްޑް ވެކްސިންގެ އެންމެހައި ޓެސްޓްތައް ފުރިހަމަކޮށް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯގައި ރަސްމީކޮށް ރެޖިސްޓްރީ ކޮށްފައި ނުވަނީސް އެވެކްސިން ޢާންމުކޮށް ބޭނުންކުރުމުގެ ހުއްދަ އިންޑިއާގެ ކަމާބެހޭ އިދާރާތަކުން ދިނުމާ ގުޅިގެން އެގައުމުގެ ތަޖުރިބާކާރުންގެ އިތުރުން ދުނިޔޭގެ ފަންތީގެ މާހިރުންގެވެސް ފާޑުކިޔުންތައް އެކަމަށް އަމާޒުވެފައި ވެއެވެ.

ޑަބްލިޔުއެޗްއޯ އިން ހުއްދަނުދެނީސް އަދި ޓްރައިލް މަރްޙަލާތައްވެސް ނުނިމި އުޅެނިކޮށް އަވަސްއަރުވާލައިގެން އެވެކްސިން ޢާންމު ބޭނުންތަކަށް ބޭނުންކުރުމުގެ ހުއްދަ އިންޑިއާގެ ރަސްމީ އިދާރާތަކުން ދިނުމާ ގުޅިގެން ބީބީސީ ފަދަ ބޮޑެތި މީޑިއާތަކުން އެކަމަށް ފާޑުކިޔާފައި ވެއެވެ.

ކޮވިޑް-19 އަށް ޚާއްޞަކޮށްގެން ރަޝިޔާއިން އުފެއްދި ސްޕުޓްނިކް-ވީ ވެކްސިންގެ 300 މިލިއަނަށްވުރެ ގިނަ ޑޯޒް ހޯދުމަށް އިންޑިއާއިން ރަޝިއާއާއެކު އެއްބަސްވެފައި ވާއިރު، އޭގެތެރެއިން 100 މިލިއަން ޑޯޒަކީ ސީދާ ރަޝިޔާގައި އުފައްދައިގެން އިންޑިއާއަށް އެތެރެކުރެވޭ ވެކްސިންކަމަށާއި އަނެއް 200 މިލިއަން ޑޯޒްގެ ވެކްޝިނަކީ ރަޝިޔާގެ ކުންފުންޏާ އިންޑިއާގެ ކުންފުނިތަކާ ގުޅިގެން އިންޑިއާގައި އުފައްދާ ޑޯޒްތަކެއްކަމަށްވެސް ބައިނަލް އަޤްވާމީ ނޫސްތަކުން މީގެކުރިން ރިޕޯޓްކޮށްފައި ވެއެވެ.

ދުނިޔޭގައިވެސް އެންމެ ގިނަ ޢަދަދަކަށް އުފެއްދޭނެކަމަށް ބެލެވޭ ކޮވިޑް-19 ވެކްސިނަކީވެސް އިންޑިއާގެ "ކޮވިޝީލްޑް" ކަމަށް އެޤައުމުން ބުނަމުން ގެންދާއިރު އެޤައުމުގެ ބޭނުންތަކަށް އެހެން ޤައުމެއްގެ އުފެއްދުމަކަށް އެދިފައިވާއިރު ޚުދު އެޤައުމުންވެސް އެޤައުމުގެ އުފެއްދުމަށް އިތުބާރުނުކުރަނީތޯ އެތައްބަޔަކު ސުވާލު އުފައްދަމުން ގެންދެއެވެ.

އިންޑިއާގެ ކޮވިޑް-19 ވެކްސިން "ކޮވިޝީލްޑް" ގެ 100000 ޑޯޒް ރާއްޖެއަށްވެސް ހަދިޔާކޮށް މިހިނދު ރާއްޖެ ގެނެވިފައި ވީނަމަވެސް އެވެކްސިނާ މެދު އިތުބާރު ތަޖުރިބާކުރެވިފައި ނެތުމުން ރާއްޖޭގައި އެވެކްސިން ބޭނުންކުރަން ފެށުމާ މެދު އިދިކޮޅުން ދެކޮޅުހަދަމުން ގެންދާއިރު ގިނަ ޢާންމުރައްޔިތުންގެވެސް ނުތަނަވަސްކަން އެކަމުގައި ހުރިކަން ފާހަގަކޮށްލެވެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *