Ad

އިންގްލިޝް ޕްރިމިއާ ލީގު: ޓޮޓެމްހަމް ބަލިކޮށް މިއަހަރުގެ ފުރަތަމަ މޮޅު ލިވަޕޫލުން ހޯދައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމް ހޮޓްސްޕާ އަތުން އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް މުހިންމު މޮޅެއް ހޯދައިފިއެވެ.

ޓޮޓެންހަމުގެ ދަނޑުގައި ކުޅުނު މެޗުން ލިވަޕޫލް މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ލިވަޕޫލުން ލީޑު ނަގާފައިވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައެވެ. މާނޭ ދިން ޕާހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރޮބާޓޯ ފިރްމީނޯއެވެ. އަދި ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައި ޓްރެންޓް އަލެކްސަންޑަ-އާނޯލްޑް ވަނީ ލިވަޕޫލަށް ލީޑު ފުޅާކޮށްދީފައެވެ.

އެކަމަކު އޭގެ ދެ މިނެޓު ފަހުން ޕިއެރޭ-އެމީލް ހޮއިބިއޭ ވަނީ ލަނޑެއް ޖަހައި، ޓޮޓެންހަމަށް ފަރަގު ކުޑަކޮށްދީފައެވެ. ލިވަޕޫލްގެ 3 ވަނަ ލަނޑު 65 ވަނަ މިނެޓުގައި އާނޯލްޑް ހުރަސްކޮށްދިން ބޯޅައަކުން ކާމިޔާބު ކުރީ މި މެޗްގައި މޮޅު ކުޅުމެއް ދެއްކި މާނޭއެވެ.

މިމެޗްގައި ލިވަޕޫލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންގޮސްފައިވެއެވެ. ނަމަވެސް ލިބުނު ހުސް ފުރުސަތތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފިފައެއް ނުވެއެވެ. މިމެޗާ ލިވަޕޫލް ކުރިމަތިލީ ލީގުގައި އެޓީމް އެެންމެ ފަހުން ކުޅުނު 6 މެޗްގައި މޮޅެއް ނުހޯދި އެވޮއެވެ.

މި މޮޅާއެކު ލިވަޕޫލް އޮތީ ތާވަލުގެ ހަތަރުވަނައިގައި ކުޅުނު 20 މެޗުން ލިބުނު 37 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް 19 މެޗުން 41 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް 20 މެޗުން ލިބިފައިވަނީ 40 ޕޮއިންޓެވެ. އަދި ޓޮޓެންހަމް އޮތީ ތާވަލުގެ ހަވަނައިގައި 19 މެޗުން 33 ޕޮއިންޓާއެކުއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *