Ad

ކޯވިޑް-19: ފަރުވާ ދެމުންދިޔަ މީހަކު ނިޔާވެއްޖެ

ރާއްޖެއިން ކޯވިޑްގައި ނިޔާވި މީހުންގެ އަދަދު ވަނީ 52 އަށް އަރާފަ

ކޯވިޑް-19 ޖެހިގެން ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ  ދިވެއްސަކު ނިޔާވެއްޖެ އެވެ.

މިއާއިއެކު ރާއްޖެއިން ކޯވިޑްގައި ނިޔާވި މީހުންގެ އަދަދު ވަނީ 52 އަށް އަރާފައެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 15،736 އަށް އަރާފައެވެ. އެޗް.ޕީ.އޭއިން ކޮންމެ ދުވަހަކު ހާމަކުރަމުންދާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިމަހުގެ މެދުތެރެއިން ފެށިގެން ރާއްޖޭގައި މި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މިވަނީ އިތުރުވާން ފަށާފައެވެ.

މިހާރު ބައްޔަށް ފަރުވާ ހޯދަމުންދަނީ 1،582 މީހުންނެވެ. އަދި މިހާރު މިބަލީގައި އެޑްމިޓްކޮށްގެން ފަރުވާދެނީ 152 މީހުންނަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *