Ad

އިންގްލިޝް ޕްރިމިއާ ލީގް: ޓޮޓެންހަމްގެ މައްޗަށް ބްރައިޓަން އިން ކުރި ހޯދައިފި

އިންގްލިޝް ޕްރިމިއާ ލީގުގައި ބްރައިޓަން އިން ޓޮޓެންހަމް ބައްދަލުކުރި މެޗް ބްރައިޓަންއިން ކާމިޔާބުކޮށްފިއެވެ.

މިމެޗް އެޓީމުން ކާމިޔާބުކުރީ 1-0 ލަނޑުންނެވެ. މެޗްގެ ހަމައެކަނި ގޯލް 17 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ބެލްޖިއަމްގެ މިޑްފީލްޑަރު ޓްރަސާދު އެވެ. މިމެޗްގައި ބްރައިޓަންއިން ވަނީ މޮޅު ކުޅުމެއްދައްކާ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. މިގޮތުން ޓޮޓެންހަމްއަށްވުރެ 2 ގުނަ ގިނަ ހަމަލާ ބްރައިޓަން އިން އުފައްދާފައިވެއެވެ. މިމެޗްގައި އަނިޔާގެ ސަބަބުން ޓޮޓެމްހަމްގެ ފޯވާޑް ހެރީ ކޭން ނުކުޅެއެވެ.

މިނަތީޖާއާއެކު 33 ޕޮއިންޓާއެކު ޓޮޓެންހަމް އޮތީ ތާވަލްގެ6 ވަނައިގައެވެ. މިމެޗުން މޮޅުވި ބްރައިޓަން އޮތީ 21 ޕޮއިންޓާއެކު ތާވަލްގެ 17 ވަނައިގައެވެ.
ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *