Ad
ރިސޯޓެއްގައި މީގެކުރިން މުވައްޒަފުންތަކެއް ކުރި އިޙްތިޖާޖެއްގެ ތެރެއިން 
ރިސޯޓެއްގައި މީގެކުރިން މުވައްޒަފުންތަކެއް ކުރި އިޙްތިޖާޖެއްގެ ތެރެއިން 

ކޮންރެޑުން ރިސޯޓު މުވައްޒަފުންތައް ވަކިކުރި މައްސަލައިގެ ޙުކުމްކުރުން ސްޕްރީމް ކޯޓުގައި މިއަދު

ކޮންރެޑް މޯލްޑިވްސް ރިސޯޓުގެ މުވައްޒަފުންގެ ސާރވިސް ޗާޖުމައްސަލައިގައި މެނޭޖްމަންޓާ ދެކޮޅަށް އެރިސޯޓުގައި މުޒާހަރާ ކުރުމާ ގުޅިގެން އެކަމުގައި އިސްކޮށްތިބި ކަމަށް ބެލެވޭ ގިނަ މުވައްޒަފުންތަކެއް ވަޒީފައިން ވަކިކުރިމައްސަލައިގައި އެމުވައްޒަފުންނާ އެއްކޮޅަށް ދަށު ކޯޓުން ނިންމާފައިވާ ނިންމުން ކުންފުނީގެ ފަރާތުން ސްޕްރީމް ކޯޓުގައި އިސްތިޢުނާފްކުރި މައްސަލައިގެ ޙުކުމްކުރުމް ސްޕްރީމް ކޯޓުގައި މިއަދަށް ތާވަލުކޮށްފިއެވެ.

10 ވަރަކަށް އަހަރުދުވަސް ފާއިތުވެގެންދާއިރު މިމައްސަލަގައި ނިޒާޢަށް ނިހާއީ ހައްލެއް ލިބިގެންދާނެ މި ޙުކުމްކުރުމުގެ މަޖްލިސް ސްޕްރީމް ކޯޓުން ޢާންމުކޮށްފައިވާ ދުވަހުގެ ތާވަލުގައި ކަނޑައަޅާފައި ވަނީ މިއަދުގެ މެންދުރު 1:00 އަށެވެ.

ރިސޯޓުގައި މުޒާހަރާކުރިތާ ކުޑަ ދުވަސްކޮޅެއްފަހުން ކުންފުނީގެ ވިޔަފާރި ދައްވާނެކަމަށް ލަފާކޮށް ކުއްލިއަކަށް މަޤާމު އުވާލައި 30 ހަކަށް މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައި ވާއިރު، މިމައްސަލާގައި ސްޕްރީމް ކޯޓާހަމަށް އައިސްފައި ވަނީ 22 މުވައްޒަފަކެވެ.

މިމައްސަލައިގެ ޙުކުމްކުރުން ސްޕްރީމް ކޯޓުގައި ތާވަލުކުރުމާ ގުޅިގެން، މައްސަލައިގައި މުވައްޒަފުންގެ ދިފާޢުގައި ގިނަ މަސައްކަތްތަކެއް ކުރި ޓޫރިޒަމް އެމްޕްލޮއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން އެޖަމިއްޔާގެ ފޭސްބުކް އެކައުންޓްގައި މިކަން ހާމަކޮށް މުވައްޒަފުންނަށް ހިތްވަރުދީ ހެޔޮގޮތް މިންވަރުވެގެން ދިއުމަށް އެދިފައިވެއެވެ.

"މިއަދު 03 ފެބްރުއަރީ 2021 ވަނަ ދުވަހަކީ މިމައްސަލައިގައި ސުޕްރީމް ކޯޓިުން ފަހުބަސް އިއްވަން ތާވަލް ކުރެވިފައިވާ ދުވަސް ، މިމައްސަލަ ވެގެން މިދަނީ މި ދިވެހިރާއްޖޭގެ މަސައްކަތްތެރިންގެ ހައްޤުތަށް ލިބުމަށް ނުހަނު މުހިންމު މުޤައްދަސް މައްސަލައެއްގެ ގޮތުގައި، މި މައްސަލައިގައި އަދުލް އިންސާފު ނުލިބިއްޖެނަމަ މަސައްކަތްތެރިންގެ ހައްޤުތަށް ހޯދައި އަދުލް އިންސާފު އާދައިގެ މަސައްކަތްތެރިންނަށް ލިބުމަށް ކުރަންޖެހޭ ގަދަ ކަނޑުގެ ނާމާން ކަމާއި ބިރުވެރިކަން އެގިގެންދާނެ!" ޓީމް ގެ ފޭސްބުކް ޕޯސްޓުގައި ބުނެފައިވެއެވެ.

ކްރައުން ކޮމްޕެނީ އާ ދެކޮޅަށް ދަޢުވާކުރާ ފަރާތްތަކަކީ؛ 1. އިސްމާޢީލް ޢަބްދުﷲ، ފުނާޑް.ދިލްޝަންގެ، ޏ.ފުވައްމުލައް 2. މުޙައްމަދު އިރުޝާދު، ހީނާގެ، އދ.މަހިބަދޫ 3. ޢަބްދުﷲ ނަވާޒް، ޖަންބުމާގެ، އއ.އުކުޅަސް 4. މުޙައްމަދު އަނަސް، ކާނިމާގެ، ބ.ތުޅާދޫ 5. ޞަލާހު ޙުސެއިން، ކުޅިބަލާގެ، އދ.މަހިބަދޫ 6. އަޙްމަދު މަޝްހޫދު، ސީވިއު، ސ.ހުޅުދޫ 7. އަހްމަދު އަސްލަމް، ފިޔަނޫމާގެ، އދ.ހަންޏާމީދޫ 8. މުޙައްމަދު އިމްތިޔާޒު ޢަބްދުއްރަޙްމާން، އަލިވާގެއާގެ، ނ.ފޮއްދޫ 9. އިދުރީސް ޢަލީ، އެތުމާގެ، ތ.ކަނޑޫދޫ 10. މުޙައްމަދު ޙާރިޝް، ޑެއިޒީވިލާ، އދ.މަންދޫ 11. މުޙައްމަދު ޤާސިމް، އިރުމަތީގެމ އދ.ދިގުރަށް 12.އަބްދުﷲ ޝަޒްލީމް، ދުނގެތިމާގެ، ސ.ހިތަދޫ 13. ޢަބްދުﷲ އާނިސް، ރޭޝަން، ސ.މަރަދޫ 14. ޢަބްދުﷲ ފާއިޒް، އިރުޝާދު، ށ.މާއުނގޫދޫ 15. މުޙައްމަދު ޞާދިޤު، ބުލޫރެސްޓް، ހއ.ދިއްދޫ 16. ޙުސައިން ނަޝީދު، ރޯޝަނީގެ، ހދ.މަކުނުދޫ 17. މުޙައްމަދު ރަފީޢު އަޙްމަދު، ހަނީވިލާ، ސ.ހިތަދޫ 18. ބުންޔާމީން ޙަސަން، ޖަނަވަރީގެ، އދ. މަހިބަދޫ 19. މަބްރޫކް އަޙްމަދު، ދަނބުސުތުލިގެ، އދ.މަހިބަދޫ 20. އިބްރާހީމް މުޖުތަބާ، އެވަރގްރީން، ބ.ތުޅާދޫ 21. އިބްރާހީމް މުޙައްމަދު، މަލާޒް، ހދ.ކުޅުދުއްފުށި 22. މުޙައްމަދު ރަޝީދު، ހަޒާރުމާގެ، ރ.މަޑުއްވަރި، މި 22 މީހުންނެވެ.

މިމައްސަލަ ސްޕްރީމް ކޯޓުން ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ އިސްފަނޑިޔާރެއްގެ ގޮތުގައި ފަނޑިޔާރު އަލްއުސްތާޛް މަޙާޒު ޢަލީ ޒާހިރުގެ އިތުރުން، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި އަދި ފަނޑިޔާރު އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދު އެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *