Ad

ތ. މަޑިފުށީ ސްކޫލުގެ ބެލެނިވެރިން އެސްކޫލު ދޮށު މުޒާހަރާ ކުރަން ފަށައިފި

މަޑިފުށި ސްކޫލް ބެލެނިވެރިން ނުކުމެ އެރަށު ސްކޫލް ކުރިމަތިގައި މުޒާހަރާ ކުރަމުން އެބަގެންދެއެވެ.
ބެލެނިވެރިން މުޒާހަރާ ކުރަމުން ދަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އެރަށު ސްކޫލް ބަންދުކޮށްފައިވާތީއެވެ.

މަޑިފުށީ ސްކޫލުގެ އިސް އޮފިޝަލަކު ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ސްކޫލުގެ އޮފީސް އިމާރާތަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ތަކެއް ވުމުގެ ސަބަބުން ފާއިތުވި ތިން ދުވަހު އެސްކޫލުގައި ކިޔަވައިދީފައި ނުވާ ކަމަށެވެ. ވާރޭވެހި ސްކޫލަށް ފެން ވަނުމުގެ ސަބަބުން ސްކޫލު އޮފީސް އިމާރާތުގެ ހިފާގެންގުޅޭ ސާމާނުތައް ހަލާކުވެ ނެޓްވޯކު މައްސަލަޖެހިފައިވާކަމަށް އޮފިޝަލް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިއަދު މަސައްކަތް ކުރީ 2 ސެޝަނަކަށް ބަހާލައިގެން ކިޔަވައިދޭން. ސްކޫލު ދޮށަށް އެއްވެފައިވާ ބެލެނިވެރިން ބުނަމުންދަނީ ހަލާކުވި ހުރިހ ސާމާނެއް ހަމަކޮށްފަ ކިޔަވައިދޭން ފަށަން. އަޅުގަނޑުމެން އެޑިއުކޭޝަން މިނިސްޓްރީއާ މަޝްވަރާ ކުރަމުން މިދަނީ. މިނިސްޓްރީއިން ވިދާޅުވީ ހަފްތާއެއްގެ ތެރޭގައި ހުރިހާ ކަމެއް ހަމަޖައްސަވާނެކަމަށް. ފެންބޮޑުވާ ކޮންމެ ފަހަރަކު ސްކޫލަށް އެބަ ގެއްލުންވޭ. މިކަމަށް ހައްލެއް އޮތީ ފެންބޮޑުވުން ހައްލު ކުރެވިގެން." ސްކޫލް އޮފިޝަލް ވިދާޅުވިއެވެ.

މިއަދު ހެނދުނުން ފެށިގެން ސްކޫލުގެ ބެލެނިވެރިން ގެންދަނީ އެރަށު ސްކޫލްދޮށު އަޑި އުފުލަމުންނެވެ. އެމީހުން ބުނަމުންދަނީ އާއޮފިސް އިމާރާތެއް ހުރެމެ އެތަނައް ބޭނުންވާ ސާމާނު ނެތުމުގެ ސަބަބުން މި ހާލުގައި ތިބެން ޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *