Ad

އަލީ ވަހީދުގެ ޕާސްޕޯޓު ކޯޓުން ދޫކޮށްލީ ރަނގަޅަކަށް ނޫން: ޕީޖީ

ސީރިއަސް ހަތް ދައުވާއެއް ދައުލަތުން އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ކުރިމިނަލް ކޯޓުން ދޫކޮށްލީ ރަނގަޅަށް ނޫން ކަމަށް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ވިދާޅުވެއްޖެއެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމަށް ނެރެފައިވާ އަމުރު ކްރިމިނަލް ކޯޓުން ޝަރުތަކާއެކު ދޫކޮށްލީ ދައުލަތުން އެދިގެން ކަމަށް ލިޔެފައިވާތީ، އެކަމާ މީޑިޔާގެ ފާޑުކިއުން ޕީޖީ އަށް އަމާޒުވާން ފެށުމުން، ރޭގެ ވަގުތެއްގައ ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމު ވަނީ އެކަން ދޮގުކުރައްވާފައެވެ. އަދި ކަމުގެ ހަގީގަތް ވަރަށް އަވަހަށް ހާމަކޮށްދެއްވާނެ ކަމަށްވެސް ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

ޕީޖީގެ ޓްވީޓަށް ފަހު، ކްރިމިނަލް ކޯޓުން މީޑިއާތަކަށް ރޭ ފޮނުވި މެސެޖުގައި ބުނެފައިވަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޢަމުރުގައި، ޢަމުރަށް އެދުނު ފަރާތެއްގެ ގޮތުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ލިޔެވިފައިވަނީ ލިޔުމުގެ ކުށަކުންކަމަށެވެ. އަދި ފުރުން މަނާކުރުމުގެ ޢަމުރު ބާޠިލްކޮށްދިނުމަށް އެދިފައިވަނީ ޢަލީ ވަޙީދުގެ ފަރާތުން ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.

ޕީޖީގެ ބަޔާނުގައިވާ ގޮތުގައި ކްރިިނަލްކޯޓުން އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލުމުން އެކަން އިސްތިޢުނާފު ކުރުމަށް ވެސް މަސައްކަތްކުރިއެވެ. އެހެންނަމަވެސް އޭގެ ކުރިން އަލީ ވަހީދު ރާއްޖެއިން ފުރާފައިވާކަމަށް އެ ބަޔާނުގައިވެއެވެ.

އަމުރު މުރާޖާކުރުމުގެ ވާހަކަތަކުގައި ޕީޖީ އޮފީހުގެ ފަރާތުން ވިދާޅުވެފައިވަނީ އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްފިނަމަ ފިލުމުގެ ފުރުސަތު އޮތް ކަމަށެވެ. އެހެންވެ ކޯޓުން ކަނޑައެޅީ ޖަވާބުދާރީވާނެ މީހަކު ޖާމިނު ކުރުވާފަ އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށް، ރާއްޖެއިން ބޭރުން ބޭސް ފަރުވާއަށް ފުރުސަތު ދިނުމަށެވެ.

އަލީ ވަހީދު ކުއްލި ގޮތަކަށް އިއްޔެ ލަންޑަނަށް ފުރުމާއެކު ސަރުކާރަށާއި ޕީޕީ އަދި ކޯޓަށް އާންމުންގެ ފާޑުކިއުންތައް ވަރަށް ބޮޑަށް އަމާޒުވިއެވެ. އެކަމާ ގުޅިގެން ނޫސްވެރިން ކުރިމަތި ކުރުވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސުލްޖުހޫރިއްޔާ އޮފީހުގެ ސްޕޯކްސްޕާސަން މަބްރޫކް އަޒީޒު ވިދާޅުވެފައިވަނީ އަލީ ވަހީދު ފުރުމުގައި ސަރުކާރުގެ އެއްވެސް ދައުރެއް އަދި މަސްލަހަތެއްވެސް ނެތް ކަމަށެވެ.

އަލީ ވަހީދުގެ މައްޗަށް ދައުލަތުން ވަނީ ރޭޕްކުރަން އުޅުމާއި ޖިންސީ ފުރައްސާރަކުރުމާއި މިނޫންވެސް ސީރިއަސް ގިނަ ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް ދައުވާ އުފުލާފައެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *