Ad

މުޒާހަރާތައް ވަރުގަދަވާތީ، މިޔަންމާ އަސްކަރިއްޔާއިން ތައިލެންޑުގެ އެހީއަށް އެދިއްޖެ

ޑިމޮކްރެޓިކް ހަމަތަކުގެ މަތިން އެންމެ ފުރަތަމަ އިންތިހާބުވި މިޔަންމާގެ ލީޑަރު އަން ސަން ސޫކީގެ ވެރިކަން އަސްކަރީ އިންގިލާބަކުން ވައްޓާލުމާ ގުޅިގެން ރައްޔިތުން އަސްކަރިއްޔާއާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތައް ވަރުގަދަވަމުންދާތީ، މިޔަންމާގެ އަސްކަރިއްޔާއިން ތައިލެންޑްގެ އެހީތެރިކަމަށް އެދިއްޖެއެވެ.

ތައިލެންޑުގެ މީޑިތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިޔަންމާގެ އަސްކަރީ ބަޣާވާތުގެ އިސްވެރިންވަނީ ތައިލެންޑުގެ އިސްވެރިންނާ މަޝްވަރާކޮށްފައެވެ.

މިޔަންމާގެ އަސްކަރިއްޔާއިން ބަޣާވާތުގެ ކުރިން ތައިލެންޑްގެ އަސްކަރިއްޔާއާ މަޝްވަރާކުރިކަމަށް މިޔަންމާގެ ބައެއް މީޑިޔާތަކާ ހަވާލާދީ ދިރާސާކުރާ ފަރާތްތަކުން ރިޕޯޓްކޮށްފައިވެއެވެ. އެއީ ތައިލެންޑު އަސްކަރިއްޔާގެ ރުހުން ހޯދުމަށް ކަމަށްވެސް އެރިޕޯޓުތަކުގައިވެއެވެ. މިކަމުގެ ތެދުކަން އެންމެ ބޮޑަށް އެނގޭ ކަމަކީ މިޔަންމާގެ ބަޣާވާތް ތައިލެންޑުގެ ވެރިން ސިފަކުރެއްވީ އެގައުމުގެ ދާހިލީ ކަމެއްގެ ގޮތުގައެވެ. އަދި އެކަމުގައި ތައުލެންޑުގެ ބަހެއް ނެތް ކަށް ވެސް ބިޑުވަޒީރުގެ ނާއިބް ވަނީ ވިދާޅުވެފައެވެ.

މިޔަންމާގެ ކުއްލި އަސްކަރީ ބަޣާވާތް އަލިފުދާލުނާއި ޔޫރަޕިއަން ޔޫނިއަން އަދި އެމެރިކާއާއި ޗައިނާއިންވެސް ވަނީ ކުށްވެރިކޮށްފައެވެ. އަދި ދުނިޔޭގެ ބޮޑެތި ގިނަ ބާރުތަކުން ހަމަ މި މޭރުމުން ބަޔާންތައް ނެރެފައިވެއެވެ.

އިންތިހާބު އޮޅުވާލުމުމުގެ ތުހުމަތާއި އަސްކަރީ މުޢާމަލާތްތަކުގައި ބޭނުންކުރާ ޒާތުގެ މުޢާސަލާތީ އާލާތް ގަވާއިދާޚިލާފަށް އެތެރެކޮށް ބޭނުންކުރުމުގެ ތުހުމަތުގައި ސޫކީ ވަނީ ތިން އަހަރަށް ޖަލަށް ލާފައެވެ. އަސްކަރިއްޔާއިން ސޫކީ ހައްޔަރުކުރުމުން ރައްޔިތުންނަށް ދެއްވި މެސެޖަކީ ދޫނުދީ އިހްތިތާޖު ކުރުމަށާއި މަދަނީ ބަސްނޭހުންތައް ގިނަކޮށް ޑިމޮކްރަސީ އިޔާދަކުރުމަށެވެ.

މިޔަންމާގެ ރައްޔިތުން އެންމެ ބޮޑަށް ތާއީދުކުރާ ލީޑަރަކީ ސޫކީއެވެ. އެންމެ ފަހުގެ އިންތިހާބުގައި އަސްކަރިއްޔާގެ ވެރިން އެކަމަނާއާ ދެކޮޅަށް މަސައްކަތް ކުރެއްވުމުންވެސް ބޮޑުތަފާތަކުން އިންތިހާބު ކާމިޔާބުކުރައްވައި، އަސްކަރިއްޔާގެ ވެރިންނަށް ވެރިންނަށް ވަރުގަދަ މެސެޖެއް ދެއްވިއެވެ.

ދިރާސާކުރާ ފަރާތްތަކުން ދެކޭ ގޮތުގައި މިޔަންމާގެ އަސްކަރިއްޔާއަށް އެންމެ ބޮޑު ފިއްތުމެއް ކުރިމަތިކުރެވެން އޮތް ގައުމަކީ ސޫކީ ގާތް ގުޅުމެއް ބޭއްވެވި ޗައިނާއެވެ. ޗައިނާއިން ވިޔަފާރިއާއި އެނޫންވެސް ދާއިރާތަކުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ފަށައިފިނަމަ މިޔަންމާގެ އަސްކަރީ ވެރިކަމުގެ އުމުރު ވަރަށް ކުރުވާނެ ކަމަށް ބެލެވެއެވެ. އެހެންނަމަވެސް މިހާތަނަށް ޗައިނާއިން ބުނެފައިވަނީ މަޝްވަރާކޮށްގެން ވީއެންމެ އަވަހަކަށް މައްސަލަ ހައްލުކުރުމަށެވެ.

އެމެރިކާއިން މިހާރުވަނީ މިޔަންމާގެ އަސްކަރީ ވެރިންނަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ނިންމާފައެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *