Ad

ހަ ދައުވާގެ ޝަރީއަތް ފަށައި، ނިހާން ރާއްޖެއިން ފުރުން މަނާކޮށްފި

ކުރީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހުމަދު ނިހާންގެ މައްޗަށް ދައުކަތުން އުފުލާފައިވާ ހަ ދައުވާގެ ޝަރީއަތް ފަށައި، އޭނާގެ ޕާސްޕޯޓު ކްރިމިނަލް ކޯޓުން ހިފަހައްޓައިފިއެވެ. ނިހާން ފިލާފާނެ ކަމަށް ބެލެވޭތީ، ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް އެދުނީ ދައުލަތުގެ ފަރާތުންނެވެ. ދައުލަތުގެ ވާހަކަތަކަށް ރިޢާޔަތްކޮށް ކޯޓުން ކަނޑައެޅުއްވީ ޝަރީއަތް ނިމެންދެން ނިހާންގެ ޕާސްޕޯޓް ހިފެހެއްޓުމަށެވެ.

 އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައާ ގުޅިގެން ފުލުހުންގެ ތަހުގީގަށް ފަހު، ދައިލަތުން ނިހާނުގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ހިފުމުގެ ކުށުގެ ތިން ދަޢުވާ އާއި މަނީ ލޯންޑްރިންގެ ކުށުގެ ދަޢުވާގެ އިތުރުން ރިޝްވަތު ލިބި ދިނުމަށް އެދުމުގެ ކުށުގެ ދެ ދަޢުވާއެވެ.

މިއަދުގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުމުގައި ނިހާންއަށް ވަކީލަކު އައްޔަން ކުރުމަށް ދިހަ ދުވަހުގެ ފުރުސަތެއް ޝަރީއަތުން ވަނީ ދެއްވާފައެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *