Ad

ވިހި އަހަރަށް ޖަލަށްލާނެ ކަމުގެ އިންޒާރު ދިނުމުންވެސް މިޔަންމާގެ މުޒާހަރާތަކަށް ނިމުމެއް ނެތް

އަސްކަރިއްޔާއިން ގެނައި ކުއްލި އިންގިލާބާ ގުޅިގެން މިޔަންމާގެ އާންމުން ކުރަމުން ގެންދާ މުޒާހަރާތައް ވަރުގަދަވާން ފެށުމުން، އަސްކަރިއްޔާއާ ދެކޮޅަށް އަޑުއުފުލާ ފަރާތްތަކާއި އަސްކަރީ އިންގިލާބަށް ފާޑުކިޔާ ފަރާތްތައް ވިހި އަހަރު ދުވަހަށް ޖަލަށް ލާނެ ކަމަށް މިޔަންމާގެ އަސްކަރިއްޔާއިން އާންމުކޮށް އިއުލާނު ކުރުމުންވެސް މިޔަންމާގައި އެގައުމުގެ އަސްކަރިއްޔާއާ ދެކޮޅަށް ރައްޔިތުން ކުރަމުން ގެންދާ މުޒާހަރާތަކަށް ނިމުމެއް ނައެވެ.

ބަރުހަތިޔާރު މަގުތަކަށް ނެރެ މުޅި ގައުމުގައި ބިރުވެރިކަން އުފައްދާފައި ވީނަމަވެސް، ޑިމޮކްރަސީ އިޔާދަކުރުން އަވަސްކުރުމަށް ގޮވާލާއަޑު މަޑުވާ ގޮތެއް ނުވެއެވެ. އަސްކަރީ ބަޣާވާތަށްފަހު ޖަލަށްލާފައިވާ މިޔަންމާގެ ލީޑަރު ސޫކީގެ ސަޕޯޓަރުންގެ ބިރުވަނީ ފަހަގައަޅާ ގޮސްފައެވެ. ބައެއް މީހުންގެ ގަޔަށް ބަޑިޖަހާ މަރަމުން ދިޔަ ނަމަވެސް، އަސްކަރީ ސަފުތަކުގެ ކުރިމައްޗަށް ނުކުމެ، ބަޣާވާތާ ދެކޮޅަށް އަޑު އުފުލަމުން ގެންދެއެވެ.

އަސްކަރިއްޔާއިން ބުނެފައިވަނީ އެމީހުން ވެރިކަމާ ހަވާލުވާން ޖެހުނީ އިންތިހާބު އޮޅުވާލާފައިވާތީ، ގާނޫނު އަސާސީގެ ބާރު ނެގެހެއްޓުމަށްޓަކައެވެ. އެހެންނަމަވެސް މިޔަންމާގެ އާންމު ރައްޔިތުން އެކަންކަމަށް ދިނީ ބީރު ކަންފަތެކެވެ.

މުޒާހަރާތަކުގެ އިސްސަފުގައި ހަރަކާތްތެރިވާ މީހުން ހިފާ ހައްޔަރުކޮށް، އެމީހުންގެ އާއިލާއަށް ބިރުވެރި އިންޒާރުތައް އަސްކަރިއްޔާއިން ދެމުން ގެނދާތީ، ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާބެހޭ އިދާރާތަކުން އެކަންކަން ކުށްވެރިކޮށްފައިވެއެވެ. އެހެންނަމަވެސް މިޔަންމާގެ އަސްކަރިއްޔާއިން ބުނެފައިވަނީ ގައުމުގެ ދާހިލީ ހަމަޖެހުން ދެމެހެއްޓުމަށްޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއް ފަސްނުޖެހި ކުރާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *