މިޔަންމާގެ އަސްކަރީ ސަރުކާރުގެ މުހިއްމު ވެބްސައިޓުތަކަށް ހެކަކުން ހަމަލާތައް ދޭން ފަށައިފިއެވެ.
މިޔަންމާގެ މިނިވަންކަމަށް ކުރާ މަސައްކަތެއްގެ ގޮތުގައި ސިފަކުރަމުން ހެކަކުން ވަނީ މިޔަންމާގެ ސެންޓަރަލް ބޭންކާއި މިޔަންމާ އަސްކަރިއްޔާގެ ހަބަރުތައް ގެނެސްދޭ އެމްއާރްޓީވީ، ޕޯޓް އޮތޯރިޓީގެ އިތުރުން ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ވެބްސައިޓު ހެކަކުންގެ ކޮންޓްރޯލުގެ ދަށަށް ގެންދިޔައެވެ. އަދި އެވެބްސައިޓުތަކުގެ ފްރޮންޓް ޕޭޖުގައި ބަޣާވާތާ ދެކޮޅު އިންޒާރުތައް އާންމުކޮށްފައިވާކަމަށްވެސް ބައިނަލްއަގުވާމީ މީޑިޔާތަކުގައި ރިޕޯޓްކޮށފައިވެއެވެ.
މިޔަންމާގެ މުޒާހަރާތައް ހުއްޓުވުމަށް ބުނެ، އާންމު ރައްޔިތުން އިންޓަނެޓުގެ ޚިދުމަތުން މަހްރޫމުކޮށްފައިވާތާ މިހާރު ހަފުތާއެއް ވަނީއެވެ.