ރާއްޖޭގައި ކޮވިޑް ވެކްސިން ދިން މީހަކު ނިޔާވެއްޖެއެވެ.
ނިޔާވެފައިވަނީ ގދ ގައްދޫގައި މި ވެކްސިން ދިން އުމުރުން ދުވަސްވީ މީހެކެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ނިޔާވީ ވެކްސިން ދިނުމަށްފަހު ސިއްޚީ ހާލަތު އިތުރަށް ގޯސްވެ ގދ ތިނަދޫގައި ހުންނަ ރީޖިނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ.
މިކަމާ ގުޅޭގޮތުން މަޢުލޫމާތު ހޯދާލުމަށް ގައްދޫ ސިއްޚީމަރުކަޒު ހިންގެވުމާއި ހަވާލުވެހުންނެވި މަނީޝާއަށް ގުޅުމުން މީޑިއާ ކަން އެނގުމުން ވަނީ ފޯން ކަނޑާލާފައެވެ. އަދި އޭގެފަހުން ފޯނަށް ޖަވާބެއް ނުދެއްވިއެވެ.