Ad

މ. މުލަކުގައި ބާއްވާ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް ކަމަށްވާ "މުންނި ކަޕް"ފަށައިފި

މިފަހަރުގެ މުބާރާތުގައި ޖުމްލަ 9 ޓީމު ބައިވެރިވެފައިވޭ

މ. މުލަކުގައި ބާއްވާ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް ކަމަށްވާ "މުންނި ކަޕް" ފުޓްސަލް މުބާރާތް ފަށައިފިއެވެ.

މި މުބާރާތަކީ މުލަކު އަތޮޅު ކައުންސިލްގެ ނާއިބްރައީސް އަހުމަދު ހަސަން (މުންނި)ގެ އިސްނެންގެވުމުގެ މަތިން މުލަކު ޒުވާނުންނަށް ޚާއްޞަކޮށްގެން ރަށު ފެންވަރުގައި ބާއްވާ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތްކަމަށް މަޢުލޫމާތު ލިބެއެވެ. މިއީ މި މުބާރާތް ބާއްވާ ތިން ވަނަ އަހަރެވެ. މިފަހަރުގެ މުބާރާތުގައި ޖުމްލަ 9 ޓީމު ބައިވެރިވެފައި ވެއެވެ.

މުބާރާތް ރާވާފައިވަނީ 2 ގުރޫޕަކަށް ބަހާލައިގެން ކޮންމެ ދުވަަހަކު 2 މެޗް ކުޅޭގޮތަށެވެ. މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހު ހަވީރު 16:30 ގައެވެ. މިފަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރަކީ ރާއްޖޭގެ މަޝްހޫރު ބޮޑުބެރު ގުރޫޕް "ހަބޭސް" އެވެ. މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނަކީ ޕޮލިސް އެވެ.

މި މުބާރާތުގެ މަޤްސަދަކީ ރަށުގެ ޒުވާނުންގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކޮށް ކުޅިވަރުގެ މައިދާނުގައި ޒުވާނުންނަށް އޮތް ފުރުސަތުތައް އިތުރުކޮށް ހުނަރުވެރި ފުޓްސަލް ޒުވާނުން އުފައްދައި ގައުމީ ފެންވަރުގައި އެ ކުޅުންތެރިންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށް މުބާރާތް އިންތިޒާމްކުރާ ފަރާތުން ބުނެއެވެ. ފާއިތުވި ދެއަހަރު ބޭއްވި މުބާރާތުން މުބާރާތުގެ މަޤްޞަދު ވަރަށް ރަނގަޅަށް ހާޞިލްވެފައިވާކަމަށް މުބާރާތުގެ އިންތިޒާމް ކޮމެޓީން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *