Ad

އެންމެ ދުވަހަކުން ލައްކައެއްހާ މީހުންނަށް ކޮވިޑް ވެކްސިންދެވި ޔޫއޭއީ އެންމެ އުހަށް

ކޮވިޑް-19 އަށް ވެކްސިން ހޯދި، ބަލިން ރައްކާތެރިވުމުގެ ގޮތުން ޤައުމުތަކުގައި ވެކްސިން ދެވެމުންދާއިރު އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ) ގައި ފާއިތުވެދިޔަ ސައުވީސް ގަޑިއިރުގެ ތެރޭގައި ލައްކައެއްހައި ޑޯޒް ވެކްސިން ދެވިއްޖެއެވެ.

ޔޫއޭއީގެ ރަސްމީ ޚަބަރުތައް ގެނެސްދޭ އެމިރޭޓްސް ނިއުސް އޭޖެންސީ (ވެމް) އިން މިއަދު ހާމަކޮށްފައިވާ ގޮތުގައި ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 93101 މީހަކަށް އެޤައުމުގައި ކޮވިޑް-19 ވެކްސިން ދެވިފައި ވެއެވެ.

އާބާދީގެ ނިސްބަތުން އެންމެ ގިނަ މީހުނަށް ކޮވިޑް ވެކްސިން ދެވުނު ޤައުމުތަކުގެ ލިސްޓުގެ އެއްވަނައިގައި އިޒްރޭލް އޮތްއިރު، ޔޫއޭއީގައި މިވެކްސިން ދެވެމުންދާ ނިސްބަތް މައްޗަށް ޖެހުމާއެކު، އެޤައުމުވަނީ މިލިސްޓުގެ ދެވަނައަށް އަރާފައެވެ. ޔޫއޭއީގައި ދިރިއުޅެމުންދާ މީހުންގެ ތެރެއިން 5.4 މިލިއަނަށްވުރެ ގިނަމީހުންނަށް މިހާތަނަށް ކޮވިޑް ވެކްސިން ދެވިފައިވުމާއެކު އެޤައުމުގެ ކޮންމެ ސަތޭކަ މީހަކުން 55 މީހަކަށް މިވެކްސިން ދެވިފައި ވޭމެއެވެ.

ދުނިޔޭގެ ނިސްބަތުންވެސް މުއްސަނދި މެދުއިރުމަތީގެ ޢަރަބި ދައުލަތެއްކަމުގައިވާ ޔޫއޭއީގައި ދެވެމުންދަނީ ކޮވިޑް-19 އަށް ހޯދުނު އެންމެ ފުރަތަމަ އަދި އެންމެ ކާމިޔާބު ވެކްސިންކަމަށްވެސް ފާހަގަވެފައިވާ ފައިޒާ-ބަޔޯއެންޓެކް ގުޅިގެން އުފެއްދި ކޮވިޑް ވެކްސިންކަންވެސް ފާހަގަކޮށްލެވެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *