Ad

މުންނި ކަޕް 2021: އިއްޔަ ކުޅުނު މެޗްތައް ފޯރބިޑަން ސިޓީއާއި މިސް ޔޫ ސްޕޯޓްސް ކާމިޔާބުކޮށްފި

މުބާރާތުގައި މިއަދުވެސް ފޯރިގަދަ 2 މެޗް ކުޅޭނެ. ފުރަތަމަ މެޗްގައި ބައްދަލުކުރާނީ އަފިނިޓީ ޔުނައިޓެޑާއި ފަޅޯ ގޭންގް ދެވަަނަ މެޗްގައި ބައްދަލުކުރާނީ އުރީދޫއާއި ފޯރބިޑަން ސިޓީ

މުންނި ކަޕްގައި އިއްޔެ ކުޅުނު މެޗްތައް ފޯރބިޑަން ސިޓީއާއި މިސް ޔޫ ސްޕޯޓްސް ކާމިޔާބުކޮށްފިއެވެ.

އިއްޔެ ކުޅުނު ފުރަތަމަ މެޗްގައި ބައްދަލުކުރީ ފޯރބިޑަން ސިޓީއާއި އެފްސީ މަންތާއެވެ. މިމެޗް ފަސޭހަ ކަމާއެކު 4-0 ކާމިޔާބު ކުރީ ފޮރބިޑަން ސިޓީއެވެ. މިމެޗްގައި އެޓީމަށް ގޯލްތައް ކާމިޔާބުކޮށްދިނީ މުޙައްމަދު އާޒިމް އަލީއާއި އައްޔުމަން އަލީއެވެ. މިއިން ކޮންމެ ކުޅުންތެރިޔަކު މި މެޗްގައި 2 ގޯލް ޖެހިއެވެ.

މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފޯރބިޑަން އެފްސީގެ އަބްދުﷲ މަހުދީއެވެ.

އިއްޔެ ކުޅުނު 2 ވަނަ މެޗް ބަންގްލަ ޓައިގާރސް އާ ވާދަކޮށް މިސްޔޫ ސްޕޯޓްސް އިން ކާމިޔާބުކުރީ 5-1 ގެ ބޮޑު ތަފާތަކުންނެވެ. މިމެޗްގައި މިސްޔޫ ސްޕޯޓްސްގެ އާދަމް ޝަހީމް ވަނީ 3 ގޯލް ޖަހާ ހެޓްރިކް ހަދާފައެވެ. އެޓީމްގެ އަނެއް 2 ގޯލް ޖެހީ އަހުމަދު އިސްމާޢީލް މަނިކެވެ. ބަންގްލަ ޓައިގާރސްގެ ހަމައެކަނި ގޯލް ޖަހައިދިނީ ހަސަން އިބްރާހިމެވެ.

މި މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މެޗްގައި ހެޓްރިކް ހެދި އާދަމް ޝަހީމެވެ.

މުބާރާތުގައި މިއަދުވެސް ފޯރިގަދަ 2 މެޗް ކުޅޭނެއެވެ. މިއަދުގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ އަފިނިޓީ ޔުނައިޓެޑާއި ފަޅޯ ގޭންގެވެ. ދެވަަނަ މެޗްގައި ބައްދަލުކުރާނީ އުރީދޫއާއި ފޯރބިޑަން ސިޓީއެވެ.

މި މުބާރާތަކީ މުލަކު އަތޮޅު ކައުންސިލްގެ ނާއިބްރައީސް އަހުމަދު ހަސަން (މުންނި)ގެ އިސްނެންގެވުމުގެ މަތިން މުލަކު ޒުވާނުންނަށް ޚާއްޞަކޮށްގެން ރަށު ފެންވަރުގައި ބާއްވާ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތެވެ. މިއީ މި މުބާރާތް ބާއްވާ ތިން ވަނަ އަހަރެވެ. މިފަހަރުގެ މުބާރާތުގައި ޖުމްލަ 9 ޓީމު ބައިވެރިވެފައި ވެއެވެ.

މި މުބާރާތުގެ މަޤްސަދަކީ ރަށުގެ ޒުވާނުންގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކޮށް ކުޅިވަރުގެ މައިދާނުގައި ޒުވާނުންނަށް އޮތް ފުރުސަތުތައް އިތުރުކޮށް ހުނަރުވެރި ފުޓްސަލް ޒުވާނުން އުފައްދައި ގައުމީ ފެންވަރުގައި އެ ކުޅުންތެރިންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށް މުބާރާތް އިންތިޒާމްކުރާ ފަރާތުން ބުނެއެވެ. ފާއިތުވި ދެއަހަރު ބޭއްވި މުބާރާތުން މުބާރާތުގެ މަޤްޞަދު ވަރަށް ރަނގަޅަށް ހާޞިލްވެފައިވާކަމަށް މުބާރާތުގެ އިންތިޒާމް ކޮމެޓީން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *