Ad

އަތުލައިގަތް ބޭރުގެ މަސް ބޯޓު ކުޅުދުއްފުށީ ބަނދަރަށް ވައްދައިފި

އަތުލައިގަތް ބޭރުގެ މަސް ބޯޓު ކުޅުދުއްފުށީ ބަނދަރަށް ވައްދައިފިއެވެ.

ކޯސްޓްގާރޑުގެ ބެލުމުގެ ދަށުން މި ބޯޓު ކުޅުދުއްފުއްޓަށް ގެނައީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އެމްއެންޑީއެފުން ބުނީ މި ބޯޓާ ގުޅޭ ކަންކަން ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރަމުންދާ ކަމަށެވެ. ޤަވާއިދާ ޚިލާފަށް ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި ދާއަޅަން އުޅުނު މ ބޯޓުގައި 8 ފަޅުވެރިން ތިއްބެވެ. ނަމަވެސް މިއީ ކޮން ޤައުމެއްގެ ބޯޓެއް ކަމެއް އެމްއެންޑީއެފުން އަދި ހާމައެއް ނުކުރެއެވެ. މި މައްސަލަ މޯލްޑިވްސް ޕޮލިސް ސާރވިސްއިން ތަހުޤީޤު ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ނ. އަތޮޅާ ދިމާ 30 މޭލު ބޭރުން ދާ އަޅައިގެން މަސްހިފަން އޮއްވަ މި ބޯޓުގެ މަޢުލޫމާތު އެމްއެންޑީއެފާ ޚިއްޞާކުރީ ބޮޑުކަންނެލީގެ މަސްވެރިކަން ކުރަންއުޅުނު މަހިބަދޫ އަސަރީ ދޯނިންނެވެ. އަދި އެދޯނި ފެނުމުން ދާ ނަގައިގެން ބޯޓު ބޭރަށް ދުއްވަމުން ދަނިކޮށް ބޯޓު ހުއްޓުވާފައިވަނީ އަސަރީ ދޯންޏާއި އއ.މާޅޮހު އެޑްރިއަން ދޯނިންކަމަށް މަޢުލޫމާތު ލިބެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *