ކޮވިޑް-19ގެ ބަލިމަޑުކަމަކީ މުޅި ދުނިޔެއިން އެތައް ބަޔަކު މަރުވެފައިވާ އަދި ސަލާމަތްވީ މީހުންގެ ތެރެއިންވެސް އެތައް ބައެއްގެ ފުއްޕާމޭ ފަދަ އެތައް ގުނަވަނެއް ހަލާކުކޮށްލައިފައިވާ ބަލިމަޑުކަމެކެވެ. މިބަލި ފެތުރުން ހުއްޓުވުމަށް ސަރުކާރުން އެތައް ފިޔަވަޅުތަކެއް އަޅާ އަދި ހިލޭސާބަހަށް ރާއްޖޭގައި އުޅޭ ހުރިހާ ރައްޔިތުންނަށް ގިނަ ޚިދުމަތްތަކެއް ސަރުކާރުން ދެމުންދާއިރު އިދިކޮޅުން އެކި ނަންނަމުގައި މިދަނީ މިބަލިފެތުރުން މަގުފަހިވާގޮތަށް މުޒާހިރާ ކުރަމުންނެވެ.
ކޮވިޑް-19ގެ މި ނުރައްކާތެރި ހާލަތުގައި އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފަށް އިދިކޮޅުން ބާއްވާ މުޒާހަރާއާ ދެކޮޅު ކިތަންމެ ބަޔަކު އިދިކޮޅުގައި އެބަތިއްބެވެ. މިހާލަތުގައި މުޒާހަރާ ކުރުމާ ދެކޮޅަށް ވާހަކަދެއްކި ޕީޕީއެމްގެ އެކްޓިވިސްޓަކު ބުނީ ކޮވިޑް-19 އަކީ ޖޯކެއް ނޫންކަމަށާއި ޤައުމާ ރައްޔިތުން ދެކެ ލޯބިވާ ބައެއް ނަމަ މި ހާލަތުގައި މުޒާހަރާއަށް ނުނިކުންނާނެ ކަމަށެވެ.
"ޕީޕީއެމް އަދި ޕީއެންސީގައި އެތައް ދޮށީއުމުރުގެ ރައްޔިތުންތަކެއް ހިމެނޭއިރު ހަގީގަތުގައި ކާކުތޯ ބޭނުންވާނީ އަމިއްލަ އާއިލާގެ އެއްވެސް މެންބަރަކު ޕޮސިޓިވްވާން؟ ދުނިޔެ އަޅާދާން ؟، އާދެ އެއްވެސް ފަރުދެއް ނޭދޭނެ. މިއަދު އެކި ވަސީލަތްތައް އޮތްއިރު އަދި ތަންމިނަށް އޭގެން ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ދީފައިވާއިރުވެސް މިބަލިމަޑުކަމުގައި ބަޔަކުނެރިގެން ބަލިފަތުރަން މިސައްކަތްކުރަނީ އިހުލާސްތެރިކަމެއް އޮތީމަތޯ؟" ޕީޕީއެމް އެކްޓިވިސްޓަކު ސުވާލު އުފެއްދިއެވެ.
ޕީޕީއެމް/ޕީއެންސީ ތެރެއިން މިދަނީ ހަރުކަށިކަން އިސްކުރަމުން ނެވެ. ކޮވިޑް ވެކްސިނާ ދެކޮޅަށް ފުރަތަމަ ވާހަކަ ދައްކާ އެތައް ބައެއްގެ ހިތްތައްވަނީ ނުތަނަވަސް ކޮށްފައެވެ. މިކޮވިޑް-19 ގެ ބައްޔަކީ ވަކިފިކުރަކަށް ނުވަތަ ކުލަޔަކަށް ޖެހޭ ބައްޔެއްނޫނެވެ. މިއީ ހުރިހާ އިންސާނުންނަށް ޖެހުމުގެ ފުރުޞަތު އޮތް ބައްޔެކެވެ. މިއީ ނުރައްކާތެރި ބައްޔެކެވެ. ވަސީލަތްތައް އެންމެ ވަރުގަދަ އެމެރިކާގައިވެސް އުޅެނީ މިބަލި ކޮންޓްރޯލް ނުވެގެންނެވެ.
އެއްވެސް ބަޔަކަށް ބަލިފަތުރަމުން އެއްވެސް ހައްގެއް ހޯދައެއްނުދެވޭނެއެވެ. ފްލެޓް ހޯދަން ވާހަކަ ދައްކާއިރު ފްލެޓަށް ވަންނަން ތިބި މީހުންނަށް ބަލިޖެހި އޭގެން ބައެއް ނިޔާވުމުން ފްލެޓްގެ ބޭނުމެއް ކޮބައި ތޯއެވެ. މިއީ ސުލްހަވެރި ސިޔާސީ ހަރަކާތެއް ނޫނެވެ. މިއީ ހަރުކަށި ސިޔާސީ ފިކުރުގެ އަދި އިންސާނުންނަށް އެތައް ގެއްލުމެއްދޭ އަނިޔާވެރި ކަމެކެވެ.
One Response
އެއްވެސް ރަށެއްގެ ރައްޔިތުން ބޭނުން ވާނެތޯ ޚާއްޞަ ހުއްދައިގެ ދަށުން ރަށްރަށުގަ ބަލި ފަތުރަން….