Ad

މުންނި ކަޕް 2021: ފައިނަލް މެޗް މިއަދު ހަވީރު 16:30!

މުންނި ކަޕް 2021 ފުޓްސަލް މުބާރާތުގެ ފޯރި ގަދަ ފައިނަލް މެޗް މިއަދު ހަވީރު 16:30ގައި އޮންނާނެއެވެ.

މުބާރާތުގެ ފައިނަލް މެޗްގައި ބައްދަލު ކުރާނީ މިސްޔޫ ސްޕޯޓްސްއާއި ދޫނި އެފްސީއެވެ. މިސްޔޫ ސްޕޯޓްސް ފައިނަލަށް ދަތުރުކުރީ ސެމީފައިނަލްގައި ފަޅޯ ގޭންގްގެ މައްޗަށް ކުރި ހޯދައިގެންނެވެ. ދޫނި އެފްސީ ފައިނަލުން ޖާގަހޯދީ ސެމީފައިނަލްގައި އުރީދޫއާއި ބައްދަލުކޮށް ޕެނަލްޓީ ޖަހައިގެން ކުރި ހޯދައިގެންނެވެ.

މި މުބާރާތަކީ މުލަކު އަތޮޅު ކައުންސިލްގެ ނާއިބްރައީސް އަހުމަދު ހަސަން (މުންނި)ގެ އިސްނެންގެވުމުގެ މަތިން މުލަކު ޒުވާނުންނަށް ޚާއްޞަކޮށްގެން ރަށު ފެންވަރުގައި ބާއްވާ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތެވެ. މިއީ މި މުބާރާތް ބާއްވާ ތިން ވަނަ އަހަރެވެ. މިފަހަރުގެ މުބާރާތުގައި ޖުމްލަ 9 ޓީމު ބައިވެރިވެފައި ވެއެވެ.

މި މުބާރާތުގެ މަޤްސަދަކީ ރަށުގެ ޒުވާނުންގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކޮށް ކުޅިވަރުގެ މައިދާނުގައި ޒުވާނުންނަށް އޮތް ފުރުސަތުތައް އިތުރުކޮށް ހުނަރުވެރި ފުޓްސަލް ޒުވާނުން އުފައްދައި ގައުމީ ފެންވަރުގައި އެ ކުޅުންތެރިންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށް މުބާރާތް އިންތިޒާމްކުރާ ފަރާތުން ބުނެއެވެ. ފާއިތުވި ދެއަހަރު ބޭއްވި މުބާރާތުން މުބާރާތުގެ މަޤްޞަދު ވަރަށް ރަނގަޅަށް ހާޞިލްވެފައިވާކަމަށް މުބާރާތުގެ އިންތިޒާމް ކޮމެޓީން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *