Ad

އިނގިރޭސި ޕްރިމިއާ ލީގު: ޕެލަސް އަތުން މެންޗެސްޓާ ޔުނައިޓެޑަށް ސަލާމަތެއް ނުވެވުނު!

އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗް ލަނޑެއް ނުޖެހި އެއްވަރުވެއްޖެ އެވެ.

މިއާއެކު ޔުނައިޓެޑް އެންމެ ފަހުން ކުޅުނު ތިން މެޗްވެސް ވަނީ ގޯލެއް ނުޖެހި އެއްބަރު ވެފައެވެ. އެއީ އެންމެ ފަހުން ލީގުގައި ޗެލްސީއާ ވާދަކުރި މެޗާއި ޔޫރޮޕާ ލީގުގައި ރިއާލް ސޮސިއެޑާޑްއާ ވާދަކުރި މެޗެޗެ.

މި ނަތީޖާއާއެކު އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބޭނީ އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށެވެ. ޕްރިމިއާ ލީގުގައި ޔުނައިޑެޓް އެންމެ އަވަހަށް ވާދަކުރަން ޖެހޭނީ ސިޓީއާއެވެ. މިމެޗް އޮންނާނީ އަންނަ އާދިއްތަ ދުވަހުގެ ރޭ 21:30 ގައި ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައެވެ. ދެވަނައިގައި އޮތް ޔުނައިޓެޑުން އެއްވަރުވުމުން ސިޓީ މިހާރު އެއް ވަނައިގައި އޮތީ 14 ޕޮއިންޓުގެ ލީޑަކާ އެކީ އެވެ. ދެ ވަނައިގައި އޮތް ޔުނައިޓެޑަށް 51 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ލެސްޓާ އަަށް ވަނީ 50 ޕޮއިންޓް ލިބިފަ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *