Ad
ކޮވިޑުގެ ބަލި މީހުންނަށް ފަރުވާދެނީ. ފޮޓޯ: އެޗް.އީ.އޯ.ސީ
ކޮވިޑުގެ ބަލި މީހުންނަށް ފަރުވާދެނީ. ފޮޓޯ: އެޗް.އީ.އޯ.ސީ

ކޮވިޑް-19: މިއަދު ރާއްޖެއިން ޕޮޒިޓިވްވީ 131 މީހުން!

ކޮވިޑް-19އަށް މިއަދު ޕޮޒިޓިވްވި 131 މީހުން ޕޮޒިޓިވް ވެއްޖެއެވެ.

މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 20،794 އަށް އަރާފައެވެ.

އެޗް.ޕީ.އޭއިން ބުނީ އިއްޔެގެ އިރުއޮއްސި 6:00 އިން ފެށިގެން މިއަދުގެ އިރުއޮއްސި 6:00 އާއި ހަމައަށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 92 މީހުންނާއި އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 10 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި 29 މީހުންނެވެ.

ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު 145 މީހުން ވަނީ ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި ބަލިން ރަނގަޅުވެފައެވެ. މިއާއެކު ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމުލަ 18،124 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދަނީ 2،599 މީހުންނެވެ. މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދަނީ 166 މީހުންނަށެވެ.

ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ރާއްޖެއިން 64 މީހުން ވަނީ މިހާތަނަށް ނިޔާވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 56 ދިވެހިންނާއި 8 ބިދޭސީންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *