Ad

ސްކޮޓިޝް ޕްރިމިއާ ލީގު: އެއްވެސް މެޗަކުން ބަލިނުވެ ސްޓީވަން ޖެރާޑުގެ ރޭންޖާސް ޗެމްޕިއަންކަން ހޯދައިފި

މިއީ ފާއިތުވި 10 އަހަރުގެ ތެރޭ ރޭންޖާސްއިން ލީގު ހޯދި ފުރަތަމަ ފަހަރު

6 މެޗް ބާކީ އޮއްވާ ސްކޮޓްލެންޑް ލީގުގެ ޗެމްޕިއަންކަން ސްޓީވެން ޖެރާޑް އިރުޝާދުދެމުން އަންނަ ރޭންޖާސްއިން ކަށަވަރުކޮށްފިއެވެ.

މިއީ ފާއިތުވި 10 އަހަރުގެ ތެރޭގައި ރޭންޖާސްއިން ލީގު ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

މިހާތަނަށް ލީގުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ބާކީ 6 މެޗް އޮއްވާ ލީގު ކާމިޔާބު ކުރި ރޭންޖަސް މިސީޒަންގައި އޮތީ ތަފާތު ފޯމެއްގައެވެ. އެކަން ޔޫރޮޕާ ލީގުގައިވެސް އެޓީމުން އަންނަނީ ސާބިތުކޮށްދެމުންނެވެ. ޔޫރޮޕާ ލީގުގެ އެއްވެސް މެޗަކުންވެސް އެޓީމު ބަލިވެފައި ނުވާއިރު އެޓީމު މިހާރު އޮތީ އެމުބާރާތުގެ ގަދަ 16 ގައެވެ. ލީގުގައި މިހާތަނަށް ރޭންޖާސްއިން 32 މެޗު ކުޅެފައިވާއިރު، 28 މެޗުން މޮޅުވިއިރު، އަނެއް ހަތަރު މެޗު ނިމުނީ އެއްވަރުވެގެންނެވެ. މީގެ އިތުރުން މި ސީޒަނުގެ ލީގުގައި ރޭންޖާސްއިން 77 ލަނޑު ޖަހާފައިވާއިރު، އެ ޓީމު ކޮޅަށް ވަދެފައިވަނީ އެންމެ ނުވަ ލަނޑެވެ.

ލީގު ހޯދުމާއެކު ރޭންޖާސްގެ ސަޕޯޓަރުން އުފާފާޅު ކުރަނީ

ސްކޮޓްލެންޑް ލީގު ރޭންޖާސްއިން ކާމިޔާބުކުރިއިރު، މިއީ ކޯޗިންގ ކެރިއަރުގައި ލިވަޕޫލުގެ ލެޖެންޑް ޖެރާޑުގެ ފުރަތަމަ ކާމިޔާބީއެވެ. އުމުރުން 40 އަހަރުގެ ޖެރާޑް 2016 ވަނަ އަހަރު ފުޓްބޯޅަ ކުޅުން ހުއްޓާލިއިރު، އޭނާ ކޯޗިންގ ކެރިއަރު ފެށީ ލިވަޕޫލުގެ ޔޫތު ޓީމުންނެވެ. އަދި އެއަށްފަހު ރޭންޖާސްއާ ހަވާލުވީ 2018 ވަނަ އަހަރުގެ އޭޕްރީލް މަހުގައެވެ. ސްޓީވަން ޖެރާޑްގެ މި ކާމިޔާބީއާއެކު ކްޕޮލަށްފަހު ލިވަޕޫލްގެ ކޯޗްކަމާ ހަވާލުވުން އެންމެ ގާތީ ސްޓީވިން ޖެރޭޑް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *