Ad

ކޮވިޑް-19 ވެއްސިން ޖެހި މަސްވެރިޔަކު ކުއްލިގޮތަކަށް ނިޔާވެއްޖެ

ކޮވިޑް-19 ވެކްސިން ޖެހި މަސްވެރިޔަކު ކުއްލިގޮތަކަށް ނިޔާވެއްޖެއެވެ.

ނިޔާވީ އުމުރުން 45 އަހަރުގެ އއ. މާޅޮހުގައި މީހެކެވެ. ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ، ދޯނީގައި ހުއްޓާ އެ މީހާގެ ހާލު ދެރަވެ، ހަބަރު ހުސްވެގެން އޭނާ ގެންދިޔައީ ހިންމަފުށީ ހެލްތު ސެންޓަރަށް ކަމަށެވެ. ނަމަވެސް މިއަދު ހެނދުނު 9:13 ގައި އޭނާ ނިޔާވެފައިވާ ކަމަށެވެ.

އެޗްޕީއޭއިން ބުނީ، އއ. މާޅޮހުން އެ މީހާ ކޮވިޑު ވެކްސިން ޖެހީ އިއްޔެ ކަމަށެވެ. އެހެންކަމުން އޭނާގެ މަރުގެ ސަބަބު ހޯދުމަށް ތަހުގީގެއް ފަށާފައިވާ ކަމަށް ވެސް ބުންޏެވެ.

މިއީ ކޮވިޑު ވެކްސިން ޖެހި ފަހުން ރާއްޖެއިން މަރުވި ތިން ވަނަ މީހާ އެވެ. މީގެ ކުރިން މަރުވެފައިވަނީ 93 އަހަރުގެ ފިރިހެނަކާއި 81 އަހަރުގެ އަންހެނެކެވެ. މިދިިޔަ ފެބްރުއަރީ މަހު މަރުވި އެ ދެމީހުންނަކީ ދެމަފިރިންނެވެ. އެ ދެމީހުން މަރުވި ސަބަބުން ވެސް އެޗްޕީއޭ އިން ދަނީ ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *