Ad

ކެންޕޭންކުރަން ރަށްރަށަށް ދާން ހުއްދަ ދިނީ އެޗްޕީއޭގެ ސާޖިދާ މުހައްމަދުގެ ނިންމުމަކުންބާ؟

އެޗްޕީއޭގެ ސީނިއަރ ސައިންޓިފިކް އޮފިސަރ ސާޖިދާ މުހައްމަދަކީ ހެލްތު މިނިސްޓްރީ އަދި އެޗްޕިއޭގެ ނުފޫޒު ގަދަ ފަރާތެކެވެ. އަދި ސާޖިދާ މުހައްމަދުގެ ނިންމުން ތަކުގެ މައްޗައް އެތައް ނިންމުމެއް ބިނާވެއެވެ. ސާޖިދާ މުހައްމަދަކީ 7 އަހަރު ހައުސިންގ މިނިސްޓަރުކަން ކުރެއްވި އަދި މިހާރު މާލޭ މޭޔަރުކަމަށް ކުރިމަތިލައްވާފައިވާ ޑރ.މުއިއްޒުގެ އަނބިކަނބަލުންނެވެ.

މިފަހުން ރައްޔިތުން ރުޅިއަންނަ ގިނަ ނިންމުން ތަކުގައި ސާޖިދާ މުހައްމަދުގެ ނިންމުންތަކާ މެދު އެޗްޕީއޭގެ އެތެރޭގެ ގިނަބަޔަކު ދަނީ މައްސަލަ ޖައްސަމުންނެވެ. އެގޮތުން މިފަހުން ނިންމި އެޗްޕީއޭގެ ގައިޑްލައިންއަށް ގެނެވުނު އިސްލާހުގެތެރޭގައި ކަރަންޓީން ވާން ނުޖެހި ރައްރަށަށް ދެވޭގޮތަށް ނިންމި އިސްލާހު ގެނައުމުގައި ސާޖިދާ މުހައްމަދުގެ ފުޅާ ދައުރެއް އޮތްކަމަށް އެޗްޕީއޭގައި އުޅޭ ފަރާތަކުން ނަންނުޖަހަން ޝަރުތުކޮށް އިރުވަރު ނޫހަށްކިޔައިދިނެވެ. އަދި މިކަމުން ސަރުކާރަށާއި އެޗްޕީއޭއަށް އެތައް އާންމު ރައްޔިތުންނެއްގެ ނުރުހުން އަމާޒުވިއެވެ. އަދި މި ނިންމެވުން ނިންމެވީ ރިސޯޓްތަކުގައި މަސައްކަތް ކުރާ ފަރާތްތައް ވެސް ރުޅިއަންނާނެކަން އެނގިހުރެ ކަމަށް އެޗްޕީއޭގެ އޮފިޝަލް ވިދާޅުވިއެވެ.

އެޗްޕީއޭއިން މަޢުލޫމާތު ދިން އޮފިޝަލް ވިދާޅުވީ މާލޭގެ ސައިހޮޓާތަކާއި ފިހާރަތައް ބަންދުކުރަން އެންމެ ހަރުކަށިކޮށް މަސައްކަތް ކުރަނީ ވެސް ސާޖިދާއެވެ. އަދި އެޗްޕީއޭގެ މި ނިންމެވުންތަކާ ދެކޮޅަށް ވާހަކަ ދައްކައިގެން ސިޔާސީ ގޮތުން ހުރިހާ ފައިދާއެއް ނަގަނީ ޑރ.މުއިއްޒެވެ. އަދި އެޗްޕީއޭއިން އަޅަންނިންމާ ސިއްރު ފިޔަވަޅުތަކުގެ މަޢުލޫމާތު އިދިކޮޅުފަރާތްތަކަށް ދެނީ ސާޖިދާކަމަށް ވެސް ގިނަބަޔަކު ތުހުމަތުކުރެއެވެ. އަދި ހެލްތު މިނިސްޓްރީގެ ބައެއް ފަރާތްތަކުން ސާޖިދާ ހެލްތު މިނިސްޓްރީގެ އެހެން ޑިޕާރޓްމަންޓަކަށް ބަދަލުކުރުމަށް އެދިފައިވާކަމަށްވެސް މަޢުލޫމާތު ލިބެއެވެ. ސަބަބެއް ކަމަށް އެފަރާތަކުން ބުނަނީ ޑރ. މުއިއްޒުގެ ނުފޫޒުން އެކަމަނާގެ ނިންމުންތައް ސިޔާސީވެފައިވާތީއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. އަންނި ހިތު ހުރިގޮތަކަށް އެތެޅެނީ ވެސް ސާޖިދާ ބުނެގެން ބާ؟؟؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *