Ad

ކޮވިޑް-19: މަހަކަށްވުރެ ގިނަ ދުވަސްފަހުން އައްޑޫސިޓީގެ މޮނިޓަރިން އުވާލައިފި

ކޯވިޑް-19އާ ގުޅިގެން މޮނީޓާރިންއަށް ލާފައިވާ އައްޑޫ ސިޓީ މޮނީޓަރިންގ ހާލަތުން ނަގައިފިއެވެ.

އައްޑޫސިޓީގައި ކޮވިޑް ފެތުރެން ފެށުމާއެކު އެސިޓީ މޮނިޓަރިންއަށް ލާފައިވަނީ ފެބްރުއަރީ 6 ވަނަ ދުވަހުއެވެ.

އައްޑޫސިޓީ މޮނީޓަރިންގ ހާލަތަށް ލާފައިވަނީ ކަރަންޓީންގައި ނެތް ދެ މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވުމުންނެވެ.

މި މުއްދަތުގެ ތެރޭގައި އައްޑޫ ސިޓީން ޖުމްލަ 92 މީހަކު ކޯވިޑަށް ޕޮޒިޓިވްވިއެވެ. މީގެތެރޭގައި އައްޑޫގެ ގުޅުފައިވާ ރަށްރަށާ ވަކިން އޮންނަ ހުޅުމީދޫން ޕޮޒިޓިވްވި 35 މީހުން ހިމެނެއެވެ. އައްޑޫސިޓީން ޕޮޒިޓިވްވި ގިނަ މީހުން މިހާރު ވަނީ ބަލިން ރަނގަޅު ވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *