Ad

ކުޑަހުވަދޫން ޕޮޒިޓިވްވީ މީހުންގެ އަދަދު 19 އަށް!

އެޗްޕީއޭއިން ބުނެފައިވަނީ ކުޑަހުވަދޫން ނެގި ސާމްޕަލްތަކުގެ ތެރެއިން އިތުރު 13 ސާމްޕަލް އެއް ޕޮޒިޓިވް ވެފައިވާ ކަމަށް

ދ. ކުޑަހުވަދޫން ޕޮޒިޓިވްވީ މީހުންގެ އަދަދު 19 އަށް އަރައިފިއެވެ.

އެޗްޕީއޭއިން ބުނެފައިވަނީ ކުޑަހުވަދޫން ނެގި ސާމްޕަލްތަކުގެ ތެރެއިން އިތުރު 13 ސާމްޕަލް އެއް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި އޭގެ ތެރޭގައި ހިމެނެނީ ޕޮޒިޓިވް މީހުންނާ ކޮންޓެކްޓް ވި 10 މީހެއްގެ ސާމްޕަލްގެ އިތުރުން ރެންޑަމް ކޮށް ނެގި ދެ ސާމްޕަލަކާއި އަލާމާތްތައް ފެނިގެން ޓެސްޓު ކުރި މީހެއްގެ ސާމްޕަލްއެއް ކަމަށެވެ.

ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިގެން ކުޑަހުވަދޫން ޓެސްޓު ކުރި 6 މީހަކު ވަނީ މިދިޔަ ބުދަ ދުވަހު ޕޮޒިޓިވް ވެފައެވެ. އެ 6 މީހުންނަކީ ވެސް ކުޑަހުވަދޫ އެއާޕޯޓުގައި މަސައްކަތް ކުރާ މީހުންނެވެ.

ދ. ކުޑަހުވަދޫއިން ކޯވިޑް-19ގެ ޕޮޒިޓިވް ކޭސްތަކެއް ފެނިފައިވާތީ، 26 ފެބްރުއަރީ 2021 ގެ ފަހުން ދ.ކުޑަހުވަދޫގައި އުޅެފައިވާ އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ގޮސްފައިވާ ފަރާތެއްވާނަމަ، ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް/ހެލްތް ސެންޓަރަށް އެންގުމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އަދި މިތާރީޚްގެ ފަހުން ދ. ކުޑަހުވަދޫއަށް ގޮސްފައިވާ ފަރާތެއްވާނަމަ، ކުޑަހުވަދޫއިން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 14 ދުވަސްވަންދެން ކަރަންޓީނުގައި ތިބުމަށްވެސް އެޗްޕީއޭއިން ވަނީ އަންގާފައެވެ.

އެޗްޕީއޭގެ ބައެއް ނިންމުންތަކާމެދު އާންމުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ވަކިބަޔަކަށް ފައިދާވާގޮތަށް ބައެެއް ނިންމުންތައް ނިންމާކަމުގެ ތުހުމަތުވެސް އެޗްޕީއޭއަށް އަންނަނީ ކުރަމުންނެވެ. މިގޮތުން މާލޭ ސަރަހައްދުގައި ކެފޭ ރެސްޓޯރެންޓް ތައް ހިންގާ ފަރާތްތަކުން މިހާރު އަންނަނީ ކެފޭތައް ބަންދުކޮށް ހަޅުތާލަކަށް ތައްޔާރު ވަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *