Ad
2018 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލް މެޗުގެ ތެރެއިން ސަލާހު އާއި ރާމޮސް: ރާމޯސްގެ މިހަމަލާއާއި ގުޅިގެން ދިގު މުއްދަތަކަށް ސަލާހު ކުޅުމާ ދާން ޖެހުނު
2018 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލް މެޗުގެ ތެރެއިން ސަލާހު އާއި ރާމޮސް: ރާމޯސްގެ މިހަމަލާއާއި ގުޅިގެން ދިގު މުއްދަތަކަށް ސަލާހު ކުޅުމާ ދާން ޖެހުނު

ޔޫއެފާ ޗެމްޕިއަންސް ލީގު: ކުއާޓާ ފައިނަލުގައި ލިވަޕޫލާއި ރިއަލް މެޑްރިޑްގެ ވަރުގަދަ ކުރިމަތިލުމެއް!

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ރިއާލްމެޑްރިޑާއި ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު އިނގެރޭސި ޓީމް ލިވަޕޫލް ކުރިމަތިލާން ޖެހިއްޖެއެވެ. މި ދެޓީމަކީ 2018 ވަނަ އަހަރުގެ ޗެމްޕިއަން ލީގުގެ ފައިނަލްގައި ވާދަކުރި ދެ ޓީމެވެ. އެ ފަހަރު ރެއާލް ވަނީ 3-1 އިން ލިވަޕޫލް ބަލިކޮށްފަ އެވެ. އެ މެޗުގައި ލިވަޕޫލްގެ މިސްރު ފޯވާޑް މުހައްމަދު ސަލާހަށް ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސް ކުރި ފައުލުގެ ވާހަކަ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން މީޑިއާގައި ދެކެވުނެވެ. އެ ވާހަކަތަކުގެ ތެރެއިން ރެއާލާއި ލިވަޕޫލްގެ ކުރީގެ ކުޅުންތެރިންނާއި ކޯޗުން ވެސް ވަރަށް ބޮޑަށް ބަހުގެ ހަމަލާ ބަދަލުކުރި އެވެ. މި ފައުލާ ގުޅިގެން މެޗްގެ ފުރަތަމަ ހާފުގައި ސަލާހު ބަދަލުކޮށްފައި ވެއެވެ. އަދި ދިގުމުއްދަތަކަށް ކުޅުމާ ދުރަށްދާން ޖެހުނެވެ. މިކަމުގެ ސަބަބުން އެެއަހަރުގެ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި މިސްރު ކުޅުނު ފުރަތަމަ ދެ މެޗް ސަލާހަށް ގެއްލުނެވެ. 2018 ވަނަ އަހަރުގެ ޗެމްޕިއަންސްލީގުގެ ތަށި ލިވަޕޫލަށް ގެންލުނު ނަމަވެސް ޖެހިގެންއައި 2019 ވަނަ އަހަރުގެ ޗެމްޕިއަންސްލީގު ލިވަޕޫލުން ކާމިޔާބު ކުރިއެވެ.

ޗެމްޕިއަންސް ލީގުގެ ތާރީހުގައި ރެއާލާއި ލިވަޕޫލް ވަނީ ހަ ފަހަރު ބައްދަލުކޮށްފަ އެވެ. ކޮންމެ ޓީމެއް ވަނީ ތިން މެޗުން މޮޅުވެފަ އެވެ. ލިވަޕޫލާއި ރެއާލް ޗެމްޕިއަންސް ލީގުގެ ނޮކައުޓް ބުރުގައި ކުޅުނު ހަމައެކަނި މެޗަކީ 2009 ވަނަ އަހަރުގެ ގަދަ 16 ޓީމުގެ ބުރުގަ އެވެ. އެ ފަހަރު ލިވަޕޫލް ވަނީ 5-0 ގެ އެގްރިގޭޓް ނަތީޖާއަކުން ރިއާލް ބަލިކޮށްފައެވެ.

އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް ކުއާޓާ ފައިނަލުގައި ނުކުންނާނީ މިދިޔަ އަހަރުގެ ފައިނަލުގައި ބަލިވި ޕީއެސްޖީއާ ދެކޮޅަށެވެ. ޕީއެސްޖީ މިދިޔަ އަހަރުގެ ފައިނަލުގައި ބަޔާން އަތުން ބަލިވީ 1-0 އިންނެވެ. މެންޗެސްޓާރ ސިޓީ ކުއާޓާގައި ބައްދަލުކުރާނީ ބޮރޫޝިއާ ޑޯޓްމަންޑާ އެވެ. ޔުވެންޓަސް ކަޓުވާލި ޕޯޓޯ ކުއާޓާ ފައިނަލުގައި ނުކުންނާނީ ޗެލްސީއާ ދެކޮޅަށެވެ.

ކުއާޓާ ފައިނަލްގެ މެޗުތައް އޮންނާނީ އަންނަ މަހު 6-7 އާއި 13-14 ގަ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *