Ad

ކުޑަހުވަދޫއަށް ދިއުމުގެ ސަބަބުން ކަރަންޓީން ކުރި ވަންދޫ 18 މީހުންގެ ސާމްޕަލް ނެގެޓިވް!

ކަރަންޓީީން ކުރި މީހުންގެ ތެރޭގައި 14 މަސްވެރިންވެސް ހިމެނޭ

ކުޑަހުވަދޫއަށް ދިއުމުގެ ސަބަބުން ކަރަންޓީން ކުރި ވަންދޫ 18 މީހުންގެ ސާމްޕަލް ނެގެޓިވް ވެއްޖެއެވެ.

ވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޤިޔާސް ވިދާޅުވީ، ކަރަންޓީން ކުރި މީހުންގެ ސާމްޕަލްތައް ނެގެޓިވް ވުމުން މިހާރު އެންމެން ކަރަންޓީނުން ދޫކޮށްލާފައިވާ ކަމަށެވެ.

26 ފެބްރުއަރީ 2021 ގެ ފަހުން ދ. ކުޑަހުވަދޫއަށް ދިޔަ ފަރާތްތައް ކަރަންޓީން ވާން އެޗްޕީއޭއިން އަންގާފައިވާތީ ވަންދޫން ކަރަންޓީނު ކުރީ އެރަށު “އަސްދާނު” ދޯނީގެ 14 މަސްވެރިންނާއި އިތުރު 3 މީހެކެވެ.

ކުޑަހުވަދޫން އެންމެ ފުރަތަމަ ޕޮޒިޓިވް ވީ އެރަށު އެއަރޕޯޓްގައި މަސައްކަތް ކުރާ 6 މުވައްޒަފުންނެވެ. އޭގެ ފަހުން އެރަށުން ނެގި ރޭންޑަމް ސާމްޕަލް ތަކެއް ޕޮޒިޓިވްވެ އެރަށުން މިހާތަނަށް 19 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

ދ. ކުޑަހުވަދޫއިން ކޯވިޑް-19ގެ ޕޮޒިޓިވް ކޭސްތަކެއް ފެނިފައިވާތީ، 26 ފެބްރުއަރީ 2021 ގެ ފަހުން ދ.ކުޑަހުވަދޫގައި އުޅެފައިވާ އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ގޮސްފައިވާ ފަރާތެއްވާނަމަ، ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް/ހެލްތް ސެންޓަރަށް އެންގުމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އަދި މިތާރީޚްގެ ފަހުން ދ. ކުޑަހުވަދޫއަށް ގޮސްފައިވާ ފަރާތެއްވާނަމަ، ކުޑަހުވަދޫއިން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 14 ދުވަސްވަންދެން ކަރަންޓީނުގައި ތިބުމަށްވެސް އެޗްޕީއޭއިން ވަނީ އަންގާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *