Ad

ސްޕެނިޝް ލަލީގާ: ބޮޑު މޮޅަކާއެކު ބާސެލޯނާ 2 ވަނަ އަށް!

ސްޕެނިޝް ލީގުގެއި ރެއާލް ސޮސިއެޑާޑު ބޮޑު ތަފާތަކުން ބަލިކޮށް ބާސެލޯނާ ދެވަނަ އަށް ޖެހިލައިފިއެވެ.

މިމެޗު ބާސެލޯނާއިން ކާމިޔާބު ކުރީ 6-1 ގެ ބޮޑު ތަފާތަކުންނެވެ. މިމެޗުގައި މެސީ ވަނީ ދެ ލަޑު ޖަހާފައެވެ. ބާސެލޯނާއަށް ޖެހި އަނެއް ހަތަރު ލަޑުގެ ތެރެއިން ދެލަނޑު ޖަހައިދިނީ ސާޖީނޯ ޑެސްޓްއެވެ.  އަނެއް ދެ ގޯލު ޖެހީ ގްރީޒްމަން އާއި އޮސްމާން ޑެމްބެލޭ އެވެ.

މިމެޗަކީ ބާސެލޯނާގެ ކެޕްޓަން މެސީއަށް ޚާއްސަ މެޗެކެއެވެ. ރޭގެ މެޗާއިއެކު މެސީ އަށް ވަނީ ބާސެލޯނާއަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާގެ ޝަރަފް ލިބިފައެވެ. މެސީ އާ ރެކޯޑެއް ގާއިމްކުރީ 768 މެޗު ކުޅެގެންނެވެ. ސްޕެނިޝް ލީގުގެ 1 ވަނައިގަ އޮތީ އެތުލެޓިކޯ މެޑުރިޑެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *