Ad

ކޮވިޑް-19: ފުލުހުންގެ 92 ޕަސެންޓް މީހުންނަށް ވެކްސިން ދީފި

ފުލުހުންގެ ހިދުމަތުގައި މަސައްކަތްކުރާ މުވައްޒަފުންގެ 90 ޕަސެންޓަށް ވުރެ ބޮޑު ބަޔަކަށް ކޮވިޑް ވެކްސިން ދީފި އެވެ.

ކޮމިޝަނަރު އޮފް ޕޮލިސް، މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕޮލިސް ވޯކްފޯސްގެ 92 ޕަސެންޓަށް ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް މިހާރު ދެވިފައިވާ ކަމަށެވެ. ފުލުހުންނަށް ވެކްސިން ދިނުމުގެ ކަންތައް ކުރިއަށް ގެންދަނީ ޕޮލިސް މެޑިކަލްގެ ބެލުމުގެ ދަށުންނެވެ.

ކޮމިޝަނަރ ހަމީދު ވިދާޅުވީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކުރިއަށް ގެންދިޔަ ކޮވިޑް-19 ޕީސީއާރް ލެބޯޓްރީ ޕްރޮފެޝެންސީ ޓެސްޓިންގެ ގްލޯބަލް ރައުންޑުން ފުލުހުންގެ ފޮރެންސިކް ސާވިސްގައި ހުރި ޑީއެންއޭ ލެބޯޓަރީ ފާސްވެފައިވާ ކަމަށެވެ.

މިހާރު ރާއްޖޭގައި ދެމުން އަންނަނީ ޗައިނާގެ ސައިނޯފާމް ވެކްސިން އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *