Ad

މިޔަރުގެ މަސްވެރިކަން ކުރުމަށް ހުއްދަ ދިނުމާއި ގުޅޭގޮތުން މަޝްވަރާކުރަނީ!

މިޔަރުގެ މަސްވެރިކަން ކުރުމަށް ހުއްދަ ދިނުމާއި ގުޅޭގޮތުން މަޝްވަރާކުރެވެމުންދާ ކަމަށް ފިޝަރީޒް މިނިސްޓަރ ޒަހާ ވަޙީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޒަހާ ވަހީދު މިހެން ވިދާޅުވީ ރައްޔިތުން މަޖިލީހުގެ އިޤްތިސާދީ ކޮމިޓީގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މިނިސްޓަރ ޒަހާ ވިދާޅުވީ، ދުނިޔޭގައި މިޔަރު ހިމާޔަތްކޮށްފައިވަނީ މަދު ޤައުމުތަކެއްގައި ކަމަށެވެ. މިޔަރު ހިމާޔަތް ކޮށްފައިވާ ގައުމުތަކުގެ ތެރެއިން މިސާލެއްގެ ގޮތުގައި މިނިސްޓަރ ޒަހާ ނެންގެވީ ޕަލާއޯއެވެ. މިނިސްޓަރު ވިދާޅުވީ ޕަލާއޯ އަކީ މަސްވެރިކަން ކުރާ ގައުމެއް ނޫން ކަމަށެވެ.

ޒަހާ ވިދާޅުވީ މިޔަރަކީ ވެސް ރިސޯސެއް ކަމަށާއި އެހެންކަމުން މިޔަރުގެ ބޭނުން ނުކޮށް ތިބެންވީ ސަބަބެއް ނެތް ކަމަށެވެ.

"މެނޭޖް ފިޝަރީއެއްގެ ގޮތަށް، ކުރަން ވިސްނަނީ، އިޤްތިސާދީ މަންފާއެއް ލިބޭ އެއްޗެއް އަޅުގަނޑުމެން އެކަނި އިޤްތިސާދީ ހުދޫދެއްގެ ތެރޭގައި ތިބޭކަށް ނުޖެހޭ، މެނޭޖް ފިޝަރީއަކީ ވަކި މުއްދަތަކަށް ހުޅުވާލާފައި، އާބާދީއަށް ގެއްލުން ނުވާ ގޮތަށް އޭގެ މަންފާ ހޯދުން،" މިނިސްޓަރ ޒަހާ ވިދާޅުވިއެވެ.

ރާއްޖޭގައި މިޔަރުގެ މަސްވެރިކަން ފެށީ 1970 ގެ އަހަރުތަކުތެރޭގައެވެ. މިޔަރުގެ މަސްވެރިކަން މަނާކޮށް ރާއްޖޭގެ އެއްވެސް ސަރަހައްދަކުން މިޔަރު ހިފުމާއި ބޭނުން މަނާކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރުއެވެ. އަދި އޭގެ ފަހުން މިޔަރުގެ އެއްވެސް ބާވަތެއް ރާއްޖެއިން ބޭރުކުރުމަކީވެސް މަނާ ކަމެކެވެ.

ރާއްޖޭގައި މިޔަރު ހިޔާޔަތް ކުރިފަހުން މިޔަރުގެ އާބާދީ ވަރަށް ބޮޑުތަން ވަނީ އިތުރުވެފައެވެ. އަދި މިޔަރު ގިނަވުމުގެ ސަބަބުން އޭގެ އުނދަގޫ މަސްވެރިންނަށް އިންތިހާޔަށް އަންނަނީ ފޯރަމުންނެވެ. މިޔަރު އުރަހައާއި މިޔަރު މަހަކީ ރާއްޖޭއިން އެކްސްޕޯޓް ކުރި މުހިންމު ބާވަތެކެވެ. މިޔަރު ހިމާޔަތް ކުރުމުގެ ކުރިން މި މަސައްކަތް ކުރާ ފަރާތްތައް އެންމެ ގިނައީ ރާއްޖޭގެ އުތުރުގައެވެ. ޚާއްޞަކޮށް ކުޅުދުއްފުށީގައެެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *